logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހައްޔަރު ކޮށްފި

އައިޝަތު ނަޝާ
3 އޯގަސްޓު 2026 - 13:42
މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހުޅުމާލެއިން ހައްޔަރު ކޮށްފި އެވެ.

 މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފ. ފީއަލި / ޝަބްނަމީގެ، ޝިޢާން އަޙްމަދު (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ފުލުހުން ބުނީ ރޭ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް ސަރަހައްދު ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ޝިޢާން އަޙްމަދުއަށް ފުލުހުން ފެނުމުން އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލާ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ. އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

 

View post on Twitter

 

 މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެ އެވެ.

 މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ފުލުހުން ހޯދައިފިޚަބަރު | 2 ގަޑިއިރު ކުރިންމަސްތުވާތަކެތި ވިއްކާ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 26 ސެލޯފިންކޯޅާ އެކު ޒުވާނަކު ހައްޔަރު ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިއަހަރުގެ މިހާތަނަށް ގަވައިދާ ހިލާފަށް ޕާކް ކޮށްގެން 3،417 އުޅަނދު ޓޯކުރިޚަބަރު | 3 ގަޑިއިރު ކުރިން ފޭސް ދޭއްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 3 ދުވަސް ކުރިން