logo
ޒީރޯ ވޭސްޓް މިއުޒިއަމް ބައްލަވާލައްވައި، މެޑަމް ސާޖިދާ 'ވިޝް ވޯލް' ގައި މެސެޖެއް ދެއްވައިފިMPL

MPL

ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

އަޙުމަދު ރިޝާން
3 އޯގަސްޓު 2026 - 18:09
އިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި

 އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފި އެވެ.

މި ދެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިހާރު އެ ދެ މަގާމުގައި ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވާން ކައިރިވުމާ ގުޅިގެންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސް މުވައްޒަފުންގެ ހުނަރު އިތުރު ކުރުމުގެ ފަސް ވަނަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފިޚަބަރު | 3 މަސް ކުރިންއިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 3 މަސް ކުރިންޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށްޚަބަރު | އަހަރެއް ކުރިންބްރޯޑްކޮމް އަށް ޒަމްއަތު އައްޔަން ކުރައްވައިފިޚަބަރު | އަހަރެއް ކުރިން