logo
MPL

MPL

ޚަބަރު

އިސް މުވައްޒަފުންގެ ހުނަރު އިތުރު ކުރުމުގެ ފަސް ވަނަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި

އަޙުމަދު ރިޝާން
13 އޯގަސްޓު 2026 - 17:45
އިސް މުވައްޒަފުންގެ ހުނަރު އިތުރު ކުރުމުގެ ފަސް ވަނަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025- 2027" ގެ ފަސްވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެން ގޮސްފި އެވެ.

މިއަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމް ގައި ކުރިއަށްގެންދިޔަ މި ސެޝަންގައި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވާފައި ވަނީ، ވިޔަފާރި އާއި ލީޑަރޝިޕް ޓްރެއިނިންގ އާއި އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ވަރަށް ހުނަރުވެރި ބޭފުޅެއްކަމަށްވާ، މުޙައްމަދު ކަލީމެވެ. މި ސެޝަންގައި ކަލީމް މަޢުލޫމާތު ދެއްވާފައިވަނީ، ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނޭ ގޮތްތަކުގެ މައްޗަށެވެ.

ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަންގެ އިސްނެންގެވުމުގެ މަތިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ގުޅިގެން، 2 އަހަރު ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ ޕުރޮގުރާމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސް މުވައްޒަފުންގެ ހުނަރު އިތުރު ކުރުމުގެ ފަސް ވަނަ ޕްރޮގްރާމް ކުރިޔަށް ގެންގޮސްފިޚަބަރު | ގަޑިއިރެއް ކުރިންއިންފޮމޭޝަން ކޮމިޝަނަރު ކަމާއި ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިޚަބަރު | 10 ދުވަސް ކުރިންޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށްޚަބަރު | 9 މަސް ކުރިންބްރޯޑްކޮމް އަށް ޒަމްއަތު އައްޔަން ކުރައްވައިފިޚަބަރު | އަހަރެއް ކުރިން