logo
Bank of Maldives

Bank of Maldives

ދުނިޔެ

ކެނެޑާގައި އިންޑިއާ ދަރިކޮޅުގެ އަންހެނަކު މަރާލިތާ 7 މަސް ފަހުން އޭނާގެ ބައިވެރިޔާ ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޯގަސްޓު 2026 - 04:16
ކެނެޑާގައި އިންޑިއާ ދަރިކޮޅުގެ އަންހެނަކު މަރާލިތާ 7 މަސް ފަހުން ބައިވެރިޔާ ހައްޔަރުކޮށްފި

ކެނެޑާގެ ޓޮރޮންޓޯގައި އިންޑިއާ ދަރިކޮޅުގެ އަންހެނަކު މަރާލިތާ ހަތް މަސް ފަހުން، އެ މައްސަލައިގެ ތުހުމަތުގައި އޭނާގެ ބައިވެރިޔާ ހައްޔަރުކޮށްފިއެވެ. އުމުރުން 32 އަހަރުގެ އަބްދުލް ޣަފޫރީ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ޓޮރޮންޓޯގެ އެއާޕޯޓަކުން ކަމަށް އެ ސިޓީގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މި މައްސަލައިގައި މަރުވެފައިވަނީ އުމުރުން 30 އަހަރުގެ ހިމާންޝީ ކުރާނާއެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ޓޮރޮންޓޯގެ ގެއެއްގެ ތެރެއިންނެވެ. ފުލުހުން މި ހާދިސާ ސިފަކޮށްފައިވަނީ "ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިޔާގެ ފަރާތުން ކުރިމަތިވި އަނިޔާވެރި އަމަލެއް" ގެ ގޮތުގައެވެ. ހިމާންޝީ މަރާލި ކަމުގެ ތުހުމަތުގައި ޣަފޫރީ ހޯދުމަށް ފުލުހުން މީގެ ކުރިން ވަނީ ފަސްޓް ޑިގްރީ މާޑަރގެ ދައުވާ އުފުލައި، މުޅި ގައުމަށް އަމުރެއް ނެރެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިމާންޝީ ކުރާނާ މަރުވެފައި އޮއްވާ ފެނުނީ ޑިސެމްބަރު 19 ވަނަ ދުވަހުގެ ރޭ، ޓޮރޮންޓޯގެ ސްޓްރަކަން އެވެނިއު އަދި ވެލިންގްޓަން ސްޓްރީޓް ވެސްޓް ސަރަހައްދުން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ފަހުންނެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާގެ ހަށިގަނޑު ފެނުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު 6:30 ހާއިރު އެ ސަރަހައްދުގެ ގެއެއްގެ ތެރެއިންނެވެ. މިއީ 2025 ވަނަ އަހަރު ޓޮރޮންޓޯގައި ހިނގި 40 ވަނަ މަރުގެ ހާދިސާއެވެ.

ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި ޣަފޫރީ އާއި ކުރާނާ އަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ. ޣަފޫރީ ހައްޔަރުކުރުމަށްޓަކައި ޓޮރޮންޓޯ ފުލުހުންގެ ހޯމިސައިޑް ޔުނިޓާއި ފިއުޖިޓިވް ސްކޮޑުން ވަނީ ގައުމީ އަދި ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ހައްޔަރުކުރުމުގެ ކުރިން އުޅުނީ ކޮން ގައުމެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހިމާންޝީ ކުރާނާގެ މަރާ ގުޅިގެން ޓޮރޮންޓޯގައި ހުންނަ އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ "ޒުވާން އިންޑިއާ ރައްޔިތެއް ކަމަށްވާ ހިމާންޝީ ކުރާނާ މަރާލުމާ ގުޅިގެން އިންތިހާއަށް ހިތާމަކޮށް ސޮކް ލިބިފައިވާ" ކަމަށެވެ.

މީގެ އިތުރުން، ހިމާންޝީގެ އާއިލާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ކަމަށާއި، މި މައްސަލައިގައި ކެނެޑާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ކޮންސިއުލޭޓުން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެނެޑާގައި އިންޑިއާ ދަރިކޮޅުގެ އަންހެނަކު މަރާލިތާ 7 މަސް ފަހުން ބައިވެރިޔާ ހައްޔަރުކޮށްފިދުނިޔެ | ގަޑިއިރެއް ކުރިންއިމްތިހާނު ކަރުދާސްތައް ލީކުވި މައްސަލައިގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފިދުނިޔެ | 15 ދުވަސް ކުރިންއަންހެން ފުލުސް އޮފިސަރަކު އިސްވެ ޕަބެއްގައި ހިންގަމުންދިޔަ ހަށިވިއްކުމުގެ ނެޓްވޯކެއް އަތުލައިގަނެފިދުނިޔެ | 2 މަސް ކުރިންއިންޑިއާއިން ހަކުރު ބޭރުކުރުން މަނާކޮށްފި، ރާއްޖެ އަށް ހުރަހެއްނެތްދުނިޔެ | 3 މަސް ކުރިން