logo
MPL

MPL

ޚަބަރު

"ޕީޖީއޯ 2.0" މަޝްރޫއު އިފްތިތާހުކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
11 އޯގަސްޓު 2026 - 08:19
"ޕީޖީއޯ 2.0"  މަޝްރޫއު އިފްތިތާހުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫއު، "ޕީޖީއޯ 2.0" މިއަދު އިފްތިތާހުކޮށްފި އެވެ.

ބާސެލޯގައި މިއަދު އޮތް ހަފްލާއެއްގައިޕީޖީއޯ 2.0 ލޯންޗުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މައިގަނޑު ތަޞައްވުރަކީ 2028 ވަނަ އަހަރާ ހަމައަށް އަންނައިރު، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހަކީ، އިންސާނީ ޙައްޤުތައް ކޮންމެ މަރުހަލާއެއްގައިވެސް ރައްކާތެރިކުރެވިފައިވާ، އަމިއްލަ ސިޔާދަތީ ބާރުލިބިގެންވާ، ފުރިހަމައަށް ޑިޖިޓަލައިޒްކުރެވިފައިވާ، ސުލޫކީ ހެޔޮ މިންގަނޑުގައި ނަޒާހަތްތެރިކަމާއެކު، ދެފުށް ފެންނަ ޕްރޮސެކިއުޝަން ޚިދުމަތެއްދޭ ތަނަކަށް ހެދުމެވެ.

މި ޕްރޮގްރާމުގެ ދަށުން ޕީ.ޖީ އޮފީހުގައި މިހާރު ބޭނުންކުރަމުންއަންނަ ކޭސް މެނޭޖްމަންޓް ސިސްޓަމް "މަފިނި" އިތުރަށް ފުރިހަމަކޮށް، އޭ.އައިގެ ޤާބިލުކަން އެ ސިސްޓަމާ ގުޅުވާލެވޭނެއެވެ. އެގޮތުން، މީގެތެރޭގައި ޤާނޫނީ ލިޔެކިއުންތައް ދިރާސާކުރުމާއި، ދަޢުވާ ފޯމުތަކުގެ ޚުލާޞާ އެކުލަވާލުމާއި، އައިޑެންޓިޓީ ޗެކްކުރުމާއި، ހެކިބަހާއި ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ އިތުރުން، އާންމުންނަށް މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދޭ "ސިޓިޒަން އޭޖެންޓް" ހިމެނެ އެވެ.

މި ސިސްޓަމް ފަރުމާކުރެވިފައިވަނީ ދިވެހިބަހަށް އިސްކަންދީގެންނެވެ. އަދި މައްސަލަތަކުގެ މަޢުލޫމާތާއި ސިސްޓަމްތައް ބެލެހެއްޓޭނީ ދިވެހިރާއްޖޭގެ އަމިއްލަ ސިޔާދަތީ ކޮންޓްރޯލްގެ ދަށުގައި، ޕީ.ޖީ އޮފީހުގެ އަމިއްލަ ބިނާރުގައެވެ.

އޭ.އައި ވަސީލަތްތައް ބޭނުންކުރި ކަމުގައިވީނަމަވެސް، ކުށުގެ ދަޢުވާކުރުމާއި ނުކުރުމުގެ ފަހު ނިންމުން ނިންމާނީ އޭއައި ނޫންކަމަށާއި، އެ ފަދަ އެންމެހައި ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރާއި މަސްއޫލިއްޔަތު އޮންނާނީ ޤާނޫނީގޮތުން އައްޔަންކުރެވިފައިވާ ޕްރޮސެކިއުޓަރުންގެ އަތްމަތީގައިކަން ޕީ.ޖީ އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 2 ގަޑިއިރު ކުރިންއދ.އަކީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާ އަކަށް ވާން ޖެހޭނެ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންޒިންމާދާރު ޖީލެއް ބިނާކުރުމަށް: ވަޠަނީ ޚިދުމަތުގެ 4 ވަނަ ބެޗުގެ ތަމްރީނުތައް ފަށައިފިޚަބަރު | 11 ގަޑިއިރު ކުރިންއިޔާދަކޮށްދެއްވި ޚާރިޖީ ގުޅުންތަކުގެ ފޮނި މޭވާ ރައްޔިތުންނަށް: 20 އެއްބަސްވުމެއް، ވިޔަފާރި 13 މިލިއަނުން 200 މިލިއަން ޑޮލަރަށްރިޕޯޓް | ދުވަހެއް ކުރިން