logo
MPL

MPL

ޚަބަރު

މެޑިކަލް ގްރެޖުއޭޓުން ތަމްރީނު ކުރުމަށް ލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އައިޝަތު ނަޝާ
11 އޯގަސްޓު 2026 - 09:36
ސިއްހީ ވުޒާރާއާ ލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު މިއަދު ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެމް.އޯ.ޔޫގައި ސޮއިކުރުމަށް ރޯޝަނީ ބިލްޑިންގްގެ މޫމިނާ މާލަމުގައި، ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ފަރާތުން މި އެމް.އޯ.ޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނަ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ މިސްޓަރ ބަންޑުލާ އެގޮޑަގޭ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީގެ އިތުރުން ހެލްތު މިނިސްޓްރީގެ އިސް ވެރިންނާއި، ސުވަސެވަނާ ހޮސްޕިޓަލުގެ ބޭފުޅުން އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ ވަނީ ޞިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި ސޮއިކުރި އެމް.އޯ.ޔޫގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި ޕާޓްނަރޝިޕްއަކީ މުހިއްމު ޕާޓްނަރޝިޕް އެއްކަމާ، އޭގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ޚާއްސަ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފުޅާވެ، އެފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އެމް.އޯ.ޔޫގެ މަޤްޞަދަކީ އިންތިޒާމުވެގެން ހިންގާ ކްލިނިކަލް އިންޓަރންޝިޕް ޕްރޮގްރާމެއްގެ ޒަރީޢާއިން ޤާބިލު މެޑިކަލް ޕްރޮފެޝަނަލުން ބިނާކުރުމުގައި މިނިސްޓްރީ އާއި ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު އޮތް ގުޅުން ބަދަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމް.ބީ.ބީ.އެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕްގެ ފުރުޞަތު ފޯރުކޮށްދޭނެއެވެ. އަދި އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އޮކްޓޯބަރު މަހު ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއްޚަބަރު | ގަޑިއިރެއް ކުރިންޖުލައި މަހު އެންމެ ގިނައިން ރިޕޯޓުކުރީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައްޚަބަރު | 3 މަސް ކުރިންސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާޙުކޮށްފިޚަބަރު | 3 މަސް ކުރިންސިއްހީ ވުޒާރާއާ ލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 3 މަސް ކުރިން