ޖުލައި މަހު އެންމެ ގިނައިން ރިޕޯޓުކުރީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް
20 އޯގަސްޓު 2026 - 07:23

2026 ވަނަ އަހަރުގެ ޖުލައި މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 88 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެގޮތުން އިހުމާލުވުމުގެ 22 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 06 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 16 މައްސަލައެކެވެ.

Ad by Hajj Corporation
ހަމައެހެންމެ، މީގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 17 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 09 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 07 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 04 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 04 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 02 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ، އިންޓަރނެޓް މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ކުރުމުގެ 01 މައްސަލަ، ކުޑަކުދިންނަށް ޖިންސީ "ގްރޫމިންގް" ގެ 01 މައްސަލައާއި އެހެނިހެން 03 މައްސަލައެކެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކާއި ގުޅިގެން ޖުލައި މަހު ރިޕޯޓުކޮށްފައިވަނީ އަންހެން ކުދިންގެ 54 މައްސަލައަކާއި ފިރިހެން ކުދިންގެ 34 މައްސަލަ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

-01.jpg&w=3840&q=75)
