logo
MPL

MPL

ޚަބަރު

މިދިޔަ އޮކްޓޯބަރު މަހު ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް

އައިޝަތު އިނާޝާ
24 ނޮވެމްބަރު 2026 - 07:00
މިދިޔަ އޮކްޓޯބަރު މަހު ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް

2026 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ބާވަތުގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ކުދިން ބެލުމުގައި ޖެހޭ މައްސަލައިގެ 20 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 09 މައްސަލަ އަދި ހަޟާނާގެ މައްސަލައިގެ 04 މައްސަލައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެން ކުދިންގެ 11 މައްސަލައާއި ފިރިހެން ކުދިންގެ 22 މައްސަލައެވެ.

އޮކްޓޯބަރ މަހު އެ ވުޒާރާއަށް ކުޑަކުދިންގެ ޚައްޤުތަކާ ގުޅޭ މައްސަލައިގެ 03 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 57 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ އަޚްލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 11 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރ މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންއަށް ޖުމްލަ 2324 ކޯލު ވަނީ ލިބިފައެވެ. އެގޮތުން، މި ވުޒާރާގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1775 ކޯލު ވަނީ ލިބިފައެވެ. ހަމައެހެންމެ، މި ވުޒާރާގެ ސޯޝަލް ސަރވިސް ހެލްޕްލައިން 1421 އަށް ޖުމްލަ 549 ކޯލު ވަނީ ލިބިފައެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2026 ވަނަ އަހަރުގެ އޮކްޓޯބަރ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 153 ކުދިންނެވެ. އެގޮތުން، ހިމެނެނީ 89 ފިރިހެން ކުދިންނާއި 64 އަންހެން ކުދިންނެވެ.

ހަމައެހެންމެ، އޮކްޓޯބަރ މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 03 ކުއްޖަކު ޢާއިލާތަކާއި ރީއިންޓިގްރޭޓް ކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ އޮކްޓޯބަރު މަހު ޢާއިލީ މައްސަލަތަކާ ގުޅޭ 33 މައްސަލައެއްޚަބަރު | ގަޑިއިރެއް ކުރިންޖުލައި މަހު އެންމެ ގިނައިން ރިޕޯޓުކުރީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައްޚަބަރު | 3 މަސް ކުރިންސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ އިފްތިތާޙުކޮށްފިޚަބަރު | 3 މަސް ކުރިންސިއްހީ ވުޒާރާއާ ލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | 3 މަސް ކުރިން