ބޫޓާން އިން މޮޅުވާން ދަނިކޮށް، އިލާންގެ ދެ ގޯލުން ރާއްޖޭގެ ޓީމަށް ޕޮއިންޓެއް ލިބިއްޖެ

ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ އިލާން އުފާފާޅުކުރަނީ.-- ފޮޓޯ/ އޭއެފްސީ
.jpg&w=3840&q=75)
19 އޮކްޓޯބަރު 2024 - 11:58
އޭޝިއަން ކަޕް ކޮލިފައިންގެ 17 އަހަރުން ދަށުގެ މެޗުތަކުގެ ތެރެއިން، ރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ދެ ލަނޑުން އެއްވަރުވެއްޖެއެވެ.
ޗައިނާގެ ޑަލިއަންގައި ކުޅޭ އެ މެޗުތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާން ޓީމު މިއަދު ކުޅުނީ ބޫޓާންގެ ޒުވާން ޓީމާ ދެކޮޅަށެވެ. އެ މެޗުގެ ދެވަނަ ހާފުގެ ކުރީ ކޮޅުގައި ބޫޓާން އިން ދެ ލަނޑު ޖަހައި، މޮޅުވާން ދަނިކޮށް ރާއްޖޭގެ މުހައްމަދު އިލާން އިމްރާން ވަނީ ދެ ގޯލު ޖަހައި ރާއްޖޭގެ ޓީމަށް ޕޮއިންޓެއް ހޯދައިދީފައެވެ.
އެ މެޗުގައި ބޫޓާންއިން އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 50 ވަނަ މިނެޓުގައެވެ. އޭގެ ފަހުން މެޗުގެ 62 ވަނަ މިނެޓުގައި ބޫޓާން އިން ލަނޑުޖެހިއިރު، ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ 70 ވަނަ މިނެޓުގައެވެ. ދެވަނަ ލަނޑު ރާއްޖެއިން ޖެހީ މެޗުގެ 81 ވަނަ މިނެޓުގައެވެ.
އެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕު ސީގައި ހިމެނެނީ ރާއްޖެ އާއެކު ފަސް ޓީމެވެ. އެއީ ކޮރެއާ، ޗައިނާ، ބަހްރައިން، ބޫޓާން އަދި ރާއްޖެއެވެ.
އެ ކޮލިފައިންގައި ރާއްޖޭގެ ޓީމުގެ ދެވަނަ މެޗު މި މަހުގެ 21 ވަނަ ދުވަހު ބަހްރެއިންއާ ދެކޮޅަށް ކުޅޭނެ އިރު، މި މަހުގެ 23 ވަނަ ދުވަހު ކޮރެއާ އާ ދެކޮޅަށް އަދި އެންމެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ރާއްޖެއިން ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.
އިތުރު ލިޔުންތައް

ޔޫތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުރިމަތިލާނީ ވަރުގަދަ ދެ ޓީމާ
7 މަސް ކުރިން.jpg&w=3840&q=75)
ރާއްޖެ އާއި ބަންގްލަދޭޝް އިން އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
6 މަސް ކުރިން
ރާއްޖެއާއި ބަންގްލަދޭޝް ކުޅޭ އެކުވެރިކަމުގެ މެޗު މިއަދު ހަވީރު
5 މަސް ކުރިން