logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް އަށް ދަންނަވައިގެން ކުންފުނިތައް އޮޑިޓްކުރާނެ އުސޫލުތަކެއް އެބަ ކަނޑައަޅަން: މިނިސްޓަރ ޒަމީރު

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
19 އޮކްޓޯބަރު 2024 - 13:01
މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު - ފޮޓޯ ޕީ.އެސް.އެމް
މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު - ފޮޓޯ ޕީ.އެސް.އެމް

ރައީސް އަށް ދަންނަވައިގެން ކުންފުނިތައް އޮޑިޓްކުރާނެ އުސޫލުތަކެއް ކަނޑައަޅަން ނިންމައިފައިވާ ކަމަށް ފިިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ ކުންފުންޏެއްގެ ކަންކަމުގައި ސަރުކާރަށް ބަސް ނުބުނެވޭވަރަށް މިހާރު ކަންކަން ގޮސްފައިވާ ކަމަށާއި، ގާނޫނު އުފެދުމުގެ މަގުސަދު ހާސިލްނުވާ ކަމަށެވެ. އަދި ކުންފުނިތައް ނުހިނގަނީ ބެލެނިވެރި ފަރާތެއް ނެތީމާ ކަމަށާއި، ކޮރަޕްޝަން ބަލާނެ ބަޔަނު ނެތް ކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން މިނިސްޓަރ ވަނީ މުސްތަގުބަލުގައި ކޮންމެ އެސްއޯއީއަކުންވެސް އެކައުންޓަންޓެއް ބަހައްޓައިގެން އޮޑިޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަން ފާހަގަކުރައްވާފައެވެ.

މިކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު ވަނީ ދައުލަތުގެ ރެވެނިއު އިތުރުކުރުމަށްޓަކައި މިވަގުތު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔުންތަކެއް ހުށަހަޅާފައިވާ ކަމަށާއި، މައިގަނޑު ގޮތެއްގައި ޓިޖީއެސްޓި އާއި، ގްރީން ޓެކްސް ބޮޑުކުރުމާާއިއަދި އެއާޕޯޓް ޗާޖެސް ބޮޑުކުރުމަށްޓަކައި ޤާނޫނަށް ހުށަހަޅަންޖެހޭ ބިލްތައް މިހާރު ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ.

"މިކަމަކީ އަޅުގަނޑުމެންނަށް އިންޓަނޭޝަނަލް އެކްސްޕާޓުންގެ އޮޕީނިއަން ހޯދައިގެން ކުރެވޭ ޒާތުގެ ކަމެއް. އަދި ކޮންމެ ކަހަލަ ޑިވެލޮޕްމަންޓް އަކާ ގުޅިގެން ވިޔަސް އަޅުގަނޑުމެންގެ ސްރެޓެޖީތަކާއެކު ހޯދަން ޖެހޭ އިތުރު އޮޕީނިއަންތައް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ"
 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިނޭންސް މިނިސްޓަރ މުސާ ޒަމީރު އިސްތިއުފާ ދެއްވައިފިޚަބަރު | 6 ދުވަސް ކުރިންބީއެމްއެލްގެ ސުކޫކްގެ މަޤްސަދަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: މާލީ ވަޒީރުވިޔަފާރި | 10 ދުވަސް ކުރިން2025 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ރެކޯޑު މިންވަރަކަށް ޚަބަރު | 12 ދުވަސް ކުރިންފާއިތުވި 6 އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓް މިދިޔަ އަހަރުޚަބަރު | 12 ދުވަސް ކުރިން