logo
MPL

MPL

ޚަބަރު

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ކަށަވަރުކުރާނަން: ރައީސް

އައިޝަތު ނަޝާ
15 އޯގަސްޓު 2026 - 07:01
އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ކަށަވަރުކުރާނަން: ރައީސް

ރާއްޖޭގައި ހެދޭ ޤާނޫނުތަކާއި އުސޫލުތަކާއި ގަވާއިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައިކަމަށާއި، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޤައުމީ ދުވަސް ފާހަގަކުރާ ސަބަބާއި އެދުވަހާ ގުޅޭ ހާދިސާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުވާލެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޤައުމީ ދުވަސް އަޅުގަނޑުމެންނަށް ގެނެސްދޭ މުހިންމު އެއް ޢިބްރަތަކީ މާތްވެންވާ އިސްލާމްދީނަށް ވަފާތެރިވުމުގެ ފޮނި ނަތީޖާ. އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ހިތިކަމާއި އޭގައި ހުރި ނިކަމެތިކަން.ވެހި ޤައުމާ ގުޅިފައިވާ ރަނގަޅު ހުރިހާ ކަމެއް، އެތުރިފައިވަނީ ދީނުގެ ޖައުހަރުގެ ވަށައިގެން. އިސްލާމްދީން އެއީ ދިވެހި ޤައުމުގެ ނާރެސް.ހިތްދަތިކަމުގައި އެތައް އަހަރަކު ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތް ދަށުގައި އޮންނާން ޖެހުނީ އަޅުގަނޑުމެން ކުރެ އެންމެ މީހަކު މާތްވެގެންވާ އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން.އެ ހިސާބުން އޭނާއާ ދިވެހި ފަސްގަނޑާ ދެމެދު އޮތް ރޫޙާނީ ގުޅުން ކެނޑުނީ." ރައިސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު

ޤައުމީ ދުވަހުގެ ބަޠަލްގެ ކާމިޔާބު ޙަޔާތްޕުޅުން ވެސް، މާތްވެންވާ އިސްލާމްދީނުގެ އަސާސްތަކުން ވެސް އަޅުގަނޑުމެންނަށް ފެންނަ އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤްކަން ރައީސް ފާހަގަކުރެއްވިއެވެ. މުޖުތަމަޢެއްގެ ނިސްބަތުގައި އަޚްލާޤަކީ އެ ބައެއްގެ ތެރޭގައި ހުންނަ އިޖުތިމާޢީ އަގުތަކަށް ފަރުވާތެރިވުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤާނޫނާއި ޤަވާއިދާއި އުސޫލުތައް ތަންފީޒުކުރުމާއި ޤާނޫނާއި ޤަވާޢިދާއި އުސޫލުތަކަށް ބޯލެނބުން މުހިއްމުކަމަށެވެ.

big_NVJd4JtuAfPUpqMA4TGno2xKI.jpg


ރައީސްގެ ވާހަކަފުޅުގައި ވަނީ ޤައުމީ ދުވަހުގައި އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންވީ އެންމެ މުހިއްމު އެއް ޢަޒުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމުގެ ޢަޒުމުކަމަށެވެ. އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް ޤަދަރުކުރާ، އެކަކު އަނެއްކަކަށް ކަމޭ ހިތާ، އެކަކު އަނެނަކަކަށް ހުރިހާ މާނައެއްގައި އިޙްތިރާމް އަދާކުރާ، އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުމުގެ ޢަޒުމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެފަދަ ނިޒާމެއް ކަށަވަރުކުރާނަން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 7 ބޭފުޅަކަށްޚަބަރު | 2 ގަޑިއިރު ކުރިންނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް، ކަށިމާ އަޙްމަދު ޝާކިރަށްޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި ރައީސް ހުޅުއްވައިދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިން