logo
MPL

MPL

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި

އަޙުމަދު ރިޝާން
22 އޯގަސްޓު 2026 - 12:51
ރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޖަލްސާ އޮތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި، މިއަދު ހަވީރުއެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލާޙް ޕްރީސްކޫލްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން އެމަނިކުފާނު ވަނީ، ފަލާޙް ޕްރީސްކޫލަށް 10 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް އެ ސްކޫލުން ދެއްވި ހަނދާނީ ފިލާ، އެ ފަރާތްތަކާ ޙަވާލުކޮށްދެއްވާފައެވެ. އަދި ފަލާޙް ޕްރީސްކޫލުގެ ރަންޔޫބީލް ލޯގޯ ފަރުމާ ކޮށްދެއްވި ފަރާތަށް ހަނދާނީ ލިޔުން އެރުވުންވެސް މިއަދުގެ ޖަލްސާގައި އޮތެވެ.

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލައެއް، ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ. ރަންޔޫބީލް ފާހަގަކުރުމުގެ ހަނދާނީ ފިލާ، އެމަނިކުފާނަށް އެރުވީ، ފަލާޙް ޕްރީސްކޫލްގެ ޗީފް އެގްޒެކެޓިވް، އަލްޤާރީ އަލްހާފިޡް ޢަބްދުއްސައްތާރު އަބޫބަކުރެވެ.

ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަޢުލަތުގެ ވަޒީރުންނާއި، މުޢައްސަސާތަކުގެ އިސްވެރިންގެ އިތުރުން ފަލާޙް ޕްރީސްކޫލްގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީން ބައިވެރިވެވަޑައިގަތެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ފަލާޙުން 1976ގައި އުފެއްދި މި މުއައްސަސާ އެންމެ ފުރަތަމަ ހުޅުވިގެންދިޔައީ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި 'މަދްރަސަތުލް ފަލާޙް' ގެ ނަމުގައެވެ. 2001 ވަނަ އަހަރު ތުއްތު ކުދިންގެ ތަޢުލީމީ ގްރޭޑްތައް ތަޢާރަފްކުރުމަށްފަހު، މިތަނުގެ ނަން ވަނީ 'ފަލާޙް ޕްރީސްކޫލް' ގެ ނަމަށް ބަދަލުކޮށްފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިންވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | 6 ގަޑިއިރު ކުރިންނ.އަތޮޅު ޓައުންޝިޕް މަޝްރޫޢު އާއި ގުޅުވައި އައު ދޮގެއް އުފަންކުރިޔަސް ހަގީގަތަކީ އެއީ ''ޤައުމަށް ރަނެއް''ރިޕޯޓް | 12 ގަޑިއިރު ކުރިންއަންނަ އަހަރު ގިނަބަޔަކަށް ފުލެޓް ލިބޭނެ، އޭގެތެރޭގައި ފުލެޓް އަތުލާފައި ތިބި ގިނަ ބަޔަކު ހިމެނޭނެ: ރައީސް ޚަބަރު | 2 ދުވަސް ކުރިން