logo
Bank of Maldives

Bank of Maldives

ދުނިޔެ

އިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ ޕްރަބޯވޯ ސުބިއަންޓޯ ކުރައްވައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
20 އޮކްޓޯބަރު 2024 - 03:47
އިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ ޕްރަބޯވޯ ސުބިއަންޓޯ ކުރައްވައިފި

އިންޑޮނޭޝިއާގެ ފެބްރުއަރީ މަހު ބޭއްވި އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށްފަހު، ސްޕެޝަލް ފޯސަސްގެ ކުރީގެ ކޮމާންޑަރު ޕްރަބޯވޯ ސުބިއަންޓޯ، އިންޑޮނޭޝިއާގެ އަށްވަނަ ރައީސްކަމުގެ ހުވާ ކުރައްވައިފިއެވެ.

އުމުރުން 73 އަހަރުގައި ޕްރަބޯވޯ އަކީ އިގްތިސާދީ ކުރިއެރުމާއި އުމްރާނީ ތަރައްގީގެ ވަރުގަދަ ކުރިއެރުމަކަށް ފަހު މަގާމުން ވަކިވެވަޑައިގެންނެވި ޖޯކޯ "ޖޮކޯވީ" ވިޑޯޑޯގެ ބަދަލުގަ އައި ރައީސްއެވެ. ގާތްގަނޑަކަށް 60 އިންސައްތަ ވޯޓާއެކު ޕްރަބޯވޯ އަށް ލިބުނު ކާމިޔާބީއަށް އެހީތެރިކަން ފޯރުކޮށްދިނީ އޭނާގެ ރަނިންމޭޓް، މިހާރުގެ ރައީސްގެ ދަރިކަލުން ޖިބްރާން ރަކަބުމިން ރާކާ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ހައިސިއްޔަތުން ދެއްވި ފުރަތަމަ ތަގުރީރުގައި ޕްރަބޯވޯ ވަނީ ޖޯކޯވީގެ ލެގަސީ ކުރިއަށް ގެންދަވާނެ ކަމަށް ވައުދުވެވަޑައިގެން، އިގްތިސާދީ ކުރިއެރުން 8 ޕަސެންޓަށް އިތުރުކުރުމާއި ކާބޯތަކެތީގެ ފުދުންތެރިކަން ހާސިލްކުރުމާއި އިންޑޮނޭޝިއާގެ ނުފޫޒު ދުނިޔޭގައި އިތުރު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް ވިދާޅުވުފައެވެ.

ސިޔާސީ ގޮތުން ބޮޑު ކާމިޔާބީއެއް ހޯއްދެވި ނަމަވެސް، 1998 ވަނަ އަހަރުގެ އަސްކަރީ ހަމަނުޖެހުންތަކުގައި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތުތައް އަދި ވެސް އޭނާގެ މައްޗަށް ކުރެވެއެވެ. އިންޑޮނޭޝިއާގެ ޑިމޮކްރެޓިކް ނިޒާމަށް އޭނާގެ ލީޑާޝިޕުން ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ފާޑުކިޔާ ފަރާތްތަކުން ދިން ނަމަވެސް، ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި އޭނާ ގައުމުގެ ތަރައްގީ ހަރުދަނާ ކުރާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑޮނޭޝިއާ އަށް 7.1 މެގްނިޓިއުޑްގައި ބިންހެލުމެއްދުނިޔެ | 5 ގަޑިއިރު ކުރިންއިންޑޮޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިދުނިޔެ | އަހަރެއް ކުރިންއިންޑޮނީޝިއާގެ ރައީސްކަމުގެ ހުވާ ޕްރަބޯވޯ ސުބިއަންޓޯ ކުރައްވައިފިދުނިޔެ | އަހަރެއް ކުރިން