logo
Bank of Maldives

Bank of Maldives

ޚަބަރު

ދެގައުމެއްގައި ނުރައްކާތެރި 2 ހާދިސާ - ރައީސްގެ ތައުޒިޔާ

މުޙައްމަދު އަފްރާޙް
19 ޖެނުއަރީ 2026 - 17:23
ދެގައުމެއްގައި ނުރައްކާތެރި 2 ހާދިސާ - ރައީސްގެ ތައުޒިޔާ

ދެގައުމެއްގައި ހިނގި ނުރައްކާތެރި 2 ހާދިސާއަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެގައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

އެގޮތުން ސްޕެއިންގައި ހިނގި ހައި ސްޕީޑް ޓްރެއިން އެކްސިޑެންޓާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ޕޭރެޒް ކަސްތެހޯންއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވާފައި ވެއެވެ. އަދި ސްޕެއިން ސަރުކާރަށާ، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވެފައި ވެއެވެ.

މި ހާދިޘާގައި، ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތަޢުޒިޔާވިދާޅުވެ، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ކާމިޔާބު ވުމަށްވެސް، އެދިވަޑައިގެންފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން އިންޑޮނޭޝިއާގެ ދެކުނު ސުލާވެސީ ޕްރޮވިންސްގައި ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއާ ގުޅިގެން ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ އެޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވާފައެވެ.

އެ މެސެޖުގައި، 8 ކުރޫއިންނާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް މެރީން އެފެއާޒް އެންޑް ފިޝަރީޒްގެ 3 އޮފިޝަލުންގެ ފުރާނަ ގެއްލިދިޔަ މިހާދިސާއާ ގުޅިގެން ކުއްލި ސިހުމަކާއި ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ.

ރައީސް ސުބިއަންތޯއާއި އިންޑޮނޭޝިއާގެ ސަރުކާރާއި ރައްޔިތުންނަށާއި، މި ހާދިސާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. ހަމަމިއާއެކު، މީހުން ހޯދައި ސަލާމަތްކުރުމަށް ހިންގާ އޮޕަރޭޝަން، ކާމިޔާބުކަމާއެކު ކުރިއަށްދާނެކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 18 ގަޑިއިރު ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | ދުވަހެއް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 3 ދުވަސް ކުރިން