logo
MPL

MPL

ޚަބަރު

ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރު

އަޙުމަދު ރިޝާން
23 އޯގަސްޓު 2026 - 14:22
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަޤާމަށް، މިނިސްޓަރުގެ ފެންވަރުގައި، މ.އާސްތާނާ، އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައިވެސް އެކަމަނާ ޚިދުމަތް ކުރައްވާފައިވެއެވެ. އެކަމަނާ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ޚިދުމަތްކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލަރ އޮފް ލޯރސް (އޮނަރސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓަރ އޮފް ލޯރސް ހާސިލްކުރައްވާފައެވެ. އެކަމަނާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ޤާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. ޤާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޚިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ޤާނޫނުއަސާސީ އަދި ޤާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މީގެތެރޭގައި 2004 ވަނަ އަހަރު ސަރުކާރުން އެކުލަވާލި އިސްލާޙީ އެޖެންޑާ އެކުލަވާލައި ތަންފީޒުކުރުމުގައި އެކަމަނާ އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.

އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރަކީ އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ހޯޕް ފޮރ ވިމެންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ، ފާލަންގެވެސް ކޯ-ފައުންޑަރެކެވެ. މީގެ އިތުރުން އެކަމަނާގެ އަމިއްލަ ޤާނޫނީ ފަންނުގެ ޚިދުމަތުގައިވެސް ޖިންސީ އަނިޔާގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިލޭސާބަހަށް ޤާނޫނީ ލަފާދެއްވަމުންގެންދަވާކަން ފާހަގަކޮށްލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ ޝުކޫރުޚަބަރު | 2 ގަޑިއިރު ކުރިންކުދި ޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކަކީ އީޖާދުކުރުމަށް ހުރި ވަސީލަތްތަކެއްކަމުގައި ދެކެންޖެހޭ: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | ދުވަހެއް ކުރިންވާދަވެރި އިންތިހާބެއްގައި ބަންގްލަދޭޝް އިން އާ ރައީސަކު ހޮވުމަކީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ކަމެއް: ރައީސް ޚަބަރު | ދުވަހެއް ކުރިން