މިހާތަނަށް ބައިނަލްއަގްވާމީ 74 ކުޅިވަރެއްގައި ރާއްޖޭން ބައިވެރިވެއްޖެ
އދ.ފެންފުށީ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް މިނިސްޓަރ ރާފިޢު ހުޅުއްވައިދެއްވަނީ. ފޮޓޯ؛ ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ

20 އޮކްޓޯބަރު 2024 - 06:47
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން މިއަދާއި ހަމައަށް ބައިނަލް އަގްވާމީ 74 ކުޅިވަރު ހަރަކާތެއްގައި ރާއްޖޭގެ އެކި އެކި ކުޅިވަރުތަކުން ބައިވެރިވެފައިވާކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. މިނިސްޓްރީއިން އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައިވަނީ މިނިސްޓްރީގެ އަމާޒަކަށް ވަނީ ނަމެއްގައި މިފަދަ މުބާރާތްތަކުގައި ބައިވެރިވާ ބައިވެރިވުން ނިމުމަކަށް ގެނެސް، މިހާރު ހުރިހާ ކުޅިވަރަކުންވެސް މުބާރާތްތަކުގައި ވާދަކުރަނީ ވަނަ ހޯދަންކަމުގައި މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
މި އަހަރުގައި ކާވާ ވޯލީބޯޅަ ޗެލެންޖުގައި ރާއްޖޭގެ އަންހެން ވޮލީޓީމު ވަނީ ގައުމަށް ރިހި މެޑަލް ހޯދައިދީފައެވެ. އަދި ހަމަ އެގޮތަށް ރާއްޖޭގެ ފެރައެތުލީޓުން ކަމުގައިވާ ފާތުން އާއި ރައްޒާގު ވަނީ މިދިޔަ އަހަރު މަޑަގަސްކަރައިގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ބްރޯންޒް މެޑަލް ހޯދާފަ އެވެ. އަދި މި މުއްދަތުގައި ރާއްޖޭގެ ބޮޑީ ބިލްޑަރުން ވަނީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރަތްތަކުގައި ރަންވަނަތަކެއް ހޯދާފައެވެ. އަދި ހަމަ އެގޮތަށް މި އަހަރުގައި ރައްޖޭގެ އަންހެން އަދި ފިރިހެން ސާފަރުން ވަނީ އެކި ކެޓަގަރީ ތަކުން ރާއްޖޭގެ ތާރީޚުގައި އަލަށް އޭޝިއަން ގޭމްސްއަށް ކޮލިފައިވެފައެވެ. މީގެ އިތުރުންވެސް ތަފާތު އެކި ކުޅިވަރުތަކުން ރާއްޖެއަށް ރީތި ވަނަތަކެއް މި މުއްދަތުގެތެރޭގައި ހޯދާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުޅިވަރާއި ކަސްރަތު ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ އެކި ޤައުމުތަކާއި ގުޅިގެން ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމަށް މާސްޓަރ ޕްލޭނެއްގެ ދަށުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެވުޒާރާއިން ވަނީ ހާމަކޮށްފައެވެ. ކުޅިވަރު ފެސިލިޓީތަކާއި، ކުޅިވަރު ކުޅޭ ސާމާނު ފޯރުކޮށްދިނުމާއި، ކުޅިވަރު ކުރިއަރުވަން ބޭނުންވާ ހުނަރުތައް ދެނެގަނެ، ހުނަރުތައް ތަރައްޤީ ކުރުމަށް ހާއްސަ އަހައްމިއްޔަތުތަކެއް ދީގެން މަސައްކަތް ކުރެވެމުން ގެންދާކަމުގައި މިނިސްޓަރ ރާފިޢު ވަނީ ހާމަކޮށްފައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެފްޓެންބަރު މަހުގެ 9 އަކާއި ހަމަޔަށް 127 މިލިޔަން ރުފިޔާ ފީ.އެސް.އައި.ޕީގެ މަސްރޫޢު ތަކަށް ހަރަދު ކުރައްވާފައިވާކަން މިނިސްޓްރީއިން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
އަންނަ އަހަރުން ފެށިގެން ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގައި ނުކުރެވޭ މިންވަރަށް މަސައްކަތް ކުރުމަށާއި، ރާއްޖޭގެ ތާރީޚު ނުދެކޭ ފެންވަރަށް ރާއްޖޭގޭ އެކި ކުޅިވަރުތައް ގެންދިޔުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެކެވެ.
އިތުރު ލިޔުންތައް

އޭވީސީ ގެ ނައިބު ރައީސަކަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ލަތީފް
8 މަސް ކުރިން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރާއި ބައްދަލުކޮށްފި
4 މަސް ކުރިން
ކުޅިވަރު ކުރިއަރުވަން ރާއްޖެ އާއި ޗައިނާ އެއްބަސްވުމެއްގައި ސޮއިކޮށްފި
3 މަސް ކުރިން