ކުޅިވަރު ކުރިއަރުވަން ރާއްޖެ އާއި ޗައިނާ އެއްބަސްވުމެއްގައި ސޮއިކޮށްފި


17 ފެބްރުއަރީ 2025 - 05:13
ދިވެހިރާއްޖެ އާއި ޗައިނާ ދެމެދު ކުޅިވަރުގެ ދާއިރާ ކުރިއަރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ދިވެހިރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ ދެމެދުއެވެ.
މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތަކަށް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީތެރިވުމަށް އެއްބަސްވެފައިވެއެވެ. މީގެ އިތުރުން، ކުޅިވަރާ ގުޅުންހުރި ދާއިރާތަކުން މީހުން ަކުން މީހުން ބިނާކުރުމަށްވެސް މި އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން ތަމްރީނުކުރެވޭނެ ފަރާތްތަކުގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ހިމެނެއެވެ. އަދި މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ފަހިކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއްކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރު ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.
ކުޅިވަރުގެ ދާއިރާއިން ޗައިނާއަކީ ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ޤައުމަކަށްވުމާއެކު، މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ކުރާނެކަމަށް ބެލެވެއެވެ. މި އެއްބަސްވުން ތަންފީޒުކުރަން ފެށޭނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިތުރު ލިޔުންތައް

އޭވީސީ ގެ ނައިބު ރައީސަކަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ލަތީފް
8 މަސް ކުރިންމިހާތަނަށް ބައިނަލްއަގްވާމީ 74 ކުޅިވަރެއްގައި ރާއްޖޭން ބައިވެރިވެއްޖެ
7 މަސް ކުރިން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރާއި ބައްދަލުކޮށްފި
4 މަސް ކުރިން