logoEN
ކުޅިވަރު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރާއި ބައްދަލުކޮށްފި

ވަޒީރާއެކު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ސަރުކާރު

ވަޒީރާއެކު ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ސަރުކާރު

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

29 ޑިސެމްބަރު 2024 - 05:47

ރާއްޖޭގެ އެންމެ ބޮޑު ދަރިވަރުންގެ ޖަމިއްޔާކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑަންޓްސް ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގައެވެ. އެމް.އެން.ޔޫ.އެސް.ޔޫ އަކީ ދަރިވަރުންގެ ހަށިހެޔޮކަމާއި އަދި ކުޅުވަރާއި ގުޅޭ ގިނަ ހަރަކާތްތަކެއް ހިންގާ ޖަމިއްޔާއެކެވެ. އެގޮތުން މި ބައްދަލުވުމުގައި މިފަދަ އެންމެހައި ކަންކަމުގައިކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މީގެއިތުރުން އެޖަމިއްޔާއިން ކުރިއަށްގެންދިޔަ ހަރަކާތްތަކާއި، އަންނަ އަހަރަށް ރޭވިފައިހުރި ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ކުރިޔަށް އޮތްތަނުގައި އެއްބަޔަކު އަނެއްބަޔަކާއި އެއްބާރުލުން ދިނުމުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. މި ބައްދަލުވުމުގައި ކުޅިވަރު ވަޒީރު ވަނީ އެ ޖަމިއްޔާއިން، ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވާފަ އެވެ. އަދި އެ ޖަމިއްޔާއިން ހިންގާ ހަރަކާތްތަކަށް އަބަދުވެސް ކުޅިވަރު ވުޒާރާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder