ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގައިހިމެނޭ ހައި ޕާފޯމަންސް ސެންޓަރުގެ މަސައްކަތްމިއަހަރުތެރޭގައި ފަށަނީ

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު . ފޮޓޯ: ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާ

21 ފެބްރުއަރީ 2025 - 07:18
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގައި ހިމެނޭ ހައި ޕާފޯމޭންސް ސެންޓަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމުގެ މަސައްކަތް ކުރައްވާކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ހައި ޕާފޯމަންސް ސެންޓަރަކީ ކުޅިވަރުގެ އެންމެ މަތީ ފަންތީގެ ކާމިޔާބީ ހޯދުމަށްޓަކައި އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައިވެއެވެ. ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ބޭނުންވާ ތަފްސީލުތައް ފާހަގަކޮށް، ކޮންސެޕްޓް ޕޭޕަރ މިހާރު އެކުލަވާލަފައިވާއިރު މިކަމަށް ބޭނުންވާ ފައިސާވެސް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން މިނިސްޓަރ ރާފިއު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ދިމާވާ ގޮންޖެހުންތަކަށްވެސް ވަޒީރުވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރާއްޖޭގެ ކުޅިވަރު ކުރިއެރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމްކުރުމުގައި ދިމާވާ ގޮންޖެހުންތައްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމުކުރުމުގައި ސަރުކާރުން ތަފާތު ދައްކާނެ އަހަރަކަށް މިއަހަރު ހަދައިދޭނެކަމުގެ ޔަގީންކަން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލަފާފުޅާއެކު، ކުޅިވަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާއި އެކު ރަނގަޅު ފަންނީ މީހުންގެ ލަފައާއި އިރުޝާދު ލިބޭނެ މަގުވެސް ސަރުކާރުން ފަހިކޮށްދެވޭނެ އަހަރަކަށް މިއަހަރު ވާނެ ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައިވެއެވެ.މީގެއިތުރުން ކުޅިވަރުތައް ކުރިއެރުވުމުގައި ވަކި ކުޅިވަރަކަށް އިސްކަން ދިނުމުގެ ބަދަލުގައި ހުރިހާ ކުޅިވަރަކަށް ތަފާތުކުރުމެއްނެތި ހަމަހަމަ އުސޫލެއްގެ ދަށުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ވަޒީރުވަނީ މި ޖަލްސާގައި ދެއްވާފައެވެ.
އިތުރު ލިޔުންތައް

އޭވީސީ ގެ ނައިބު ރައީސަކަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ލަތީފް
8 މަސް ކުރިންމިހާތަނަށް ބައިނަލްއަގްވާމީ 74 ކުޅިވަރެއްގައި ރާއްޖޭން ބައިވެރިވެއްޖެ
7 މަސް ކުރިން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން ކުޅިވަރާ ހަށިހެޔޮކަމާއި ބެހޭ ވަޒީރާއި ބައްދަލުކޮށްފި
4 މަސް ކުރިން