ނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހަކަށް ފިޔަވަޅު އަޅައި ސައިކަލް ޓޯކޮށްފި
30 އޯގަސްޓު 2026 - 18:28

ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް އެއްގަމު އުޅަނދު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން، އެ މައްސަލަ ބަލައި އެ ފަރާތަށް ފިޔަވަޅު އަޅައިފިއެވެ.

Ad by Hajj Corporation
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސޯޝަލް މީޑިއާ މެދުވެރިކޮށް މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ޓޯވ ކޮށް، އުޅަނދު ދުއްވި ފަރާތުގެ ލައިސަންސް ހިފަހައްޓައި، އެ ފަރާތް ޖޫރިމަނާ ކޮށްފައެވެ.
އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުގައި މީހަކު ސިނަމާލެ ބްރިޖު މަތިން ދުއްވާފައި ދިޔައިރު ސައިކަލުގެ ސައިޑަކަށް ޖެހި، ދެފައި ބާލައިގެން އިނދެ ނުރައްކާތެރިކޮށް ދުއްވާ މަންޒަރު ފެނެއެވެ.

-01.jpg&w=3840&q=75)
