ގޭސްފުޅިއެއް ލީކުވެ އެކަކު ނިޔާވެ، ދެވަނަ މީހާގެ ހާލު ސީރިއަސް
27 އޯގަސްޓު 2026 - 08:23

މާލޭގައި މާފަންނު ގެއެއްގެ ތެރޭގައި ގޭސްފުޅިއެއް ލީކުވެ ހިނގި ހާދިސާއެއްގައި އަންހެނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާފަންނު ދިލްކަޝް ނަމަކަށް ކިޔާ ގެއެއްގައި ގޭސްފުޅިއަކުން ގޭސް ލީކުވެ 2 މީހެއްގެ ހާލު ސީރިއަށް ވެގެން ފުލުހުންނަށް މިއަދު ހެނދުނު 10:34 އެހާކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation
ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، އެ ހާދިސާގައި ހާލު ދެރަވި 19 އަހަރުގެ އަންހެންމީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
