ޓްރެފިކް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި
29 އޯގަސްޓު 2026 - 11:21

މާލޭގެ ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓް 28 ވަނަ ދުވަހުގެ ހަވީރު 17:34 އެހައިކަންހާއިރުއެވެ. ސައިކަލުން ޖެއްސުމުގެ ސަބަބުން ޑިއުޓީގައި ހުރި ފުލުސް އޮފިސަރަށް އަނިޔާވި ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ހަތި، އުމުރުން 23 އަހަރުގެ ސާއިން ޢަބްދުލްޤައްޔޫމް އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވަނީ މި ހާދިސާގައި ބޭނުންކުރި ސައިކަލު ޓޯވކޮށް، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ.

-01.jpg&w=3840&q=75)
