logo
MPL

MPL

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މިއަދު މުހިންމު ހަތް ބިލެއް ތަސްދީޤުކުރައްވައިފި

އައިޝަތު ނަޝާ
31 އޯގަސްޓު 2026 - 08:31
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މުހިންމު ހަތް ބިލެއް ތަސްދީޤުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލުތަށް ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މަސްވެރިކަމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ތަސްދީގު ކުރައްވާފައެވެ. މަސްވެރިކަމާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކާއި އެހެނިހެން ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމެވެ. މަސްވެރިކަން ކުރުން ހުއްދަ ބާވަތްތައް ކަނޑައެޅުމާ ގުޅޭ އުސޫލުތައް މުރާޖާ ކުރުމާއި ޙިމާޔަތްކޮށްފައިވާ މަހުގެ ބާވަތްތަކުގެ މަސްވެރިކަން ކުރުމަކީ، ޤާނޫނުގެ ދަށުން ކުށެއްކަމުގައި ބަޔާންކުރުމެވެ. މި ބިލުގައި އެފަދަ ކުށްތަކުގެ ޖޫރިމަނާ ކަނޑައެޅުމާއި، އެނޫންވެސް ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން ޓޫރިސްޓުންނަށް ރާއްޖޭން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެެލް އެެޖެންޓުންގެ އަތުން ޖީއެސްޓީ ނަގާ ގޮތަށް، ޓެކްސްއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ބިލް ވެސް މިއަދު ވަނީ ތަސްދީގުކުރައްވައިފައެވެ. މި ބިލުގެ ބޭނުމަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރު ކުރުމެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނެގޭނެއެވެ.

އިތުރު ބިލަކަށް ރާއްޖޭގެ ފަޅުރަށްރަށާއި ވަކި ރަށަކާ ގުޅިފައިނުވާ ފަޅުގެ ސަރަޙައްދުތައް އެކިއެކި ބޭނުންތަކަށް އެކަށައެޅުމާއި، ކުއްޔަށްދިނުމާއި، ވަރުވާއަށް ލިޔެދިނުމާގުޅޭ އުސޫލުތައް ބަޔާންކުރާ "ފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ބިލު" ވެސް މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފައެވެ. މި ބިލުގައި ކަނޑައަޅައިފައިވާ ނިޒާމުގެ ދަށުން އެކި ބޭނުންތަކަށް ދޫކުރެވޭ ފަޅުރަށްރަށާއި ފަޅު އެކަށައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.އަދި ފަތުރުވެރިކަމާއި، ސިނާއީ ބޭނުމަށާއި ދައުލަތުގެ ބޭނުމަށް ފިޔަވައި ކައުންސިލުތަކުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށް އެކި ބޭނުންތަކަށް އެކަށައަޅާނީ ކައުންސިލު ތަކުންނެވެ.

މީގެއިތުރުން އެއްގަމު ދަތުރުފަތުރުގެ ބިލު ވެސް ރައީސް ވަނީ ތަޞްދީޤު ކުރައްވާފައެވެ. މި ބިލުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި، އުޅަނދުގައި ދަތުރުކުރާ އަދި އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ބޭނުންކުރާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއްގެ މަތީން، އެއްގަމު ދަތުރުފަތުރާ ގުޅޭ އެންމެހައި ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ޒަމާނާ އެކަށޭނަ ގޮތެއްގެ މަތީން ރާވައި، ހިންގައި ބެލެހެއްޓުމެވެ.މި ބިލަށް ޢަމަލުކުރަން ފަށާނީ، މި ބިލު ތަޞްދީޤުކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

މީގެއިތުރުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، ބޭރު ފައިސާއާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު އަދި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުވެސް ރައީސް ވަނީ ތަސްތީޣްކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ މިއަދު މުހިންމު ހަތް ބިލެއް ތަސްދީޤުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރަކަށް ޖަމީލާ ޢައްޔަންކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސިނަމާލެ ބްރިޖު: ރައީސް މުޢިއްޒުގެ ޤާބިލުކަމާއި ބުރަ މަސައްކަތްޕުޅު ހަނދުމަ އައުކުރަންޖެހޭ ވަގުތެއްރިޕޯޓް | 19 ގަޑިއިރު ކުރިންތިލަމާލެ ބުރިޖު ބައްލަވައިލެއްވުމަށް ރައީސް ފައިމަގުން މާލެއިން ވިލިމާލެއަށް!ޚަބަރު | 21 ގަޑިއިރު ކުރިން