logo
MPL

MPL

ރިޕޯޓް

ސިނަމާލެ ބްރިޖު: ރައީސް މުޢިއްޒުގެ ޤާބިލުކަމާއި ބުރަ މަސައްކަތްޕުޅު ހަނދުމަ އައުކުރަންޖެހޭ ވަގުތެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
30 އޯގަސްޓު 2026 - 15:39
ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޑރ. މުޢިއްޒު ސޮއިކުރަށްވަނީ
ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޑރ. މުޢިއްޒު ސޮއިކުރަށްވަނީ

 

ސިނަމާލެ ބްރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އަދި އިންޖިނިއަރިންގގެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އުމްރާނީ މަޝްރޫޢެވެ. ވެރިރަށް މާލެއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވާލަދިން މި ތާރީޚީ ބިނާއަކީ ދިވެހިންގެ ދަތުރުފަތުރާއި އިޤްތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ވަރުގަދަ ބުރިޖެކެވެ. މިއަދު މި ބިޔަ މަޝްރޫޢުގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު، މި މަސައްކަތުގެ އެންމެ އިސް މޭސްތިރިއެއްގެ ގޮތުގައި ފެނިގެންދިޔަ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤާބިލުކަމާއި ބުރަ މަސައްކަތްޕުޅު ފާހަގަކުރަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޝްރޫޢުގެ ފެށުމާއި ޑރ. މުޢިއްޒުގެ މޭސްތިރިކަން

2015 ވަނަ އަހަރުގެ ތެރޭގައި ސިނަމާލެ ބްރިޖުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައިރު، އޭރުގެ ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒަކީ މި މަޝްރޫޢުގެ އެންމެ މުހިންމު ހުންގާނު ހިއްޕެވި ބޭފުޅާއެވެ. އިންޖިނިއަރިންގގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ޤާބިލު އިންޖިނޭރެއްގެ ގޮތުގައި ހުންނަވައި، އެމަނިކުފާނު ވަނީ މި ބިޔަ މަސައްކަތުގެ ކޮންމެ މަރުޙަލާއެއް ވަރަށް ގާތުން ބައްލަވައި، އިންތިޒާމުތައް ފުރިހަމައަށް ހަމަޖައްސަވާފައެވެ. ގޮންޖެހުންތަކުން ފުރިގެންވި ކަނޑުގެ އޮއިވަރުގެ ތެރޭގައި އެޅުނު މި ބްރިޖުގެ މަސައްކަތް ކާމިޔާބުވުމުގެ އަސްލަކީ އެމަނިކުފާނުގެ ހިންގުންތެރިކަމާއި ކަމަށް ކަމޭހިތްތެވި މުރާލިކަމެވެ.

86927_c69aa97b-8_.jpg

28 ޑިސެމްބަރު 2026 ގައި އެއިރުގެ ރައީސް ޔާމީން ބްރިޖް ބައްލަވާލައްވަން ކުރެއްވި ޒިޔާރަތުގައި މަޝްރޫޢުގެ އިސް މާލިމީގެ ގޮތުގައި އަރިހުގައި ޑރ. މުޢިއްޒު

 

އިންޖިނިއަރިންގގެ އަޖައިބެއް ފަދަ ފުރިހަމަ ބިނާއެއް

ޗައިނާގެ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކުންފުންޏާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙުމަތްތެރިކަން ރަމްޒުކޮށްދޭ 'ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް' އެވެ. މި ބްރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާމިނުގައި 20.3 މީޓަރު ހުރެއެވެ. މި ބިނާ ފަރުމާކުރެވިފައިވަނީ ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ ދެ ލޭނާއި، ސައިކަލުތަކަށް ޚާއްޞަ ދެ ލޭނުގެ އިތުރުން ހިނގާ މީހުންނަށް ވަކި ދުވާރެއް ހިމެނޭ ގޮތަށެވެ. މުޅި މަޝްރޫޢު ނިންމުމަށް ކަނޑައެޅި ތާރީޚަށްވުރެ 25 ދުވަސް ކުރިން މަސައްކަތް އެއްކޮށް ނިންމާލެވުމަކީ ޑރ. މުޢިއްޒުގެ ޓީމުގެ ވަގުތަށް ކަންކަން ނިންމުމުގެ ހުނަރު ހާމަކޮށްދިން ކަމެކެވެ.

470897_5e2fec51-6_.jpg

ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ޑރ. މުޢިއްޒު ސޮއިކުރަށްވަނީ

 

އުމްރާނީ އެތައް މަޝްރޫޢަކާއެކު ގެނެސްދެއްވި ނަތީޖާ

ސިނަމާލެ ބްރިޖުގެ މަސައްކަތް ހިނގަމުން ދިޔަ ދުވަސްވަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ އަދަދަކަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ބަނދަރުތަކާއި، މާލޭގެ ބޭރުމަގު ހެދުން ފަދަ އުމްރާނީ ތަރައްޤީގެ އެތައް ސަތޭކަ މަޝްރޫޢުތަކެއް ފުލުފުލުގައި ހިނގަމުންދިޔަ ދުވަސްވަރެކެވެ. މި ހުރިހާ މަޝްރޫޢުތަކެއްގެ ޒިންމާ އުފުއްލަވަމުންވެސް، އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް އަޔަނުދީ، ސިނަމާލެ ބްރިޖުގެ މަސައްކަތް ތާވަލާ އެއްގޮތަށް ޑެލިވަރކޮށްދެއްވުމަކީ ޑރ. މުޢިއްޒުގެ ހީވާގިކަމާއި ލީޑަރޝިޕް ދައްކުވައިދިން ސާފު ހެއްކެކެވެ.

471193_3cdf2509-3_.jpg

ރައީސް ސިނަމާލެ ބްރިޖް ބައްލަވާލައްވަނީ،

 

ރައީސް މުޢިއްޒުގެ ނަންފުޅު ޤއުމީ ތާރީޚުގައި އަބަދުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރެވޭނެ

ސިނަމާލެ ބްރިޖަކީ ހަމައެކަނި ދެ ރަށް ގުޅުވާލަދިން ވަސީލަތެއް ނޫނެވެ. އެއީ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޤައުމުގެ އިޤްތިޞާދީ އޮއިވަރު ބަދަލުކޮށްލި ތާރީޚީ ބިނާއެކެވެ. މި ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމަވައި ރައްޔިތުންނާ ހަމައަށް ގެނެސްދެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރާއި އެމަނިކުފާނުގެ އިޚްލާޞްތެރި މަސައްކަތްޕުޅަކީ ޤައުމީ ތާރީޚުގައި އަބަދުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރެވޭނެ އަގުހުރި ޚިދުމަތެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ބްރިޖު: ރައީސް މުޢިއްޒުގެ ޤާބިލުކަމާއި ބުރަ މަސައްކަތްޕުޅު ހަނދުމަ އައުކުރަންޖެހޭ ވަގުތެއްރިޕޯޓް | 34 މިނިޓު ކުރިންތިލަމާލެ ބުރިޖު ބައްލަވައިލެއްވުމަށް ރައީސް ފައިމަގުން މާލެއިން ވިލިމާލެއަށް!ޚަބަރު | 3 ގަޑިއިރު ކުރިންބޭނުންވަނީ ރާއްޖޭގެ އިންޖިނޭރިންގ ދާއިރާގައި ހަމައެކަނި ދިވެހިން މަސައްކަތްކުން: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންއިންޖިނިއަރިންގް ދާއިރާގެ ތަހުލީލުތައްކުރެވޭ ގޮތަށް އިމާރާތެއް އަޅާނަން: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން