logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

އައިޝަތު ނަޝާ
1 ސެޕްޓެމްބަރު 2026 - 12:43
ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، މި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫިރއްޔާ ޑރ.މުހައްމަދދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވަނީ ފުލުހުންގެ މުއައްސަސާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމުކަމަށްށެވެ. އަދި މި ޢަޒުމާއި މި ރޫޙުގައި މި އަމާޒު ޙާޞިލްވާކަން ކަށަވަރުކޮށްދިނުންމަތީ އަބަދުމެ ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

ފާއިތުވި 22 އަހަރުގެ ތެރޭގައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަމުން އަންނައިރު، ސަރުކާރުން މިހާރު ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށެވެ. އަދި މި މަޝްރޫޢުތައް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަސޭޙަތާއި ޒިކުރުގެ ބޯޑު ހަރުކުރުމުގެ ޤައުމީ މަޝްރޫޢު މާލެ އަތޮޅުގެ ރަށްތަކުން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިން‘’ދީން މަތިވެރިކުރުމުގައި އެންމެ ބޮޑު ހަކަތައަކާއި ޖޯޝެއް ފާޅުކޮށްފައިވަނީ ޒުވާނުން’’ޚަބަރު | 3 ގަޑިއިރު ކުރިން ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރައީސް މުޢިއްޒު އަޅުއްވައިދެއްވައިފިޚަބަރު | 16 ގަޑިއިރު ކުރިންރައްޔިތުންގެ އަޑުގައި ބައިވެރިވުމަށް އިތުރު އަށް ދާއިރާ އަކުން ފުރުސަތު ހުޅުވާލައިފިޚަބަރު | ދުވަހެއް ކުރިން