logo
MPL

MPL

ޚަބަރު

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ މައްސަލައެއްގައި ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ސެޕްޓެމްބަރު 2026 - 08:30
ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ މައްސަލައެއްގައި ކުންފުންޏެއްގެ  އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި، ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ ގޮތުން މ. ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ދަނީ ކުރިއަށް ގެންދަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރ. އަތޮޅުގައި ހިންގާ ފުރަވެރި މޯލްޑިވްސް ރިސޯޓުގެ އިތުރުން ގިނަ ވިޔަފާރިތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން ދައްކާ ގޮތުގައި، ނިޔާޒް ސްޓޯރާއި، ޕޭޖް ހާޑްވެއާ ފިހާރަތަކުގެ އިތުރުން ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ ވެސް މި ކުންފުންޏާ ގުޅުންހުރި ވިޔަފާރިތަކެވެ.

މި އޮޕަރޭޝަން ހިންގަން ފަށާފައި މިވަނީ، ގާނޫނާއި ގަވާއިދާ ހިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯސް އިން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ފުލުހުން ހާމަކޮށްފައި ވަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ މައްސަލައެއްގައި ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއްޚަބަރު | 2 ގަޑިއިރު ކުރިންތިނަދޫގެ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 ގަޑިއިރު ކުރިންކާށިދޫއިން ޑްރަގް ނެޓްވޯކެއްކަމަށް ތުހުމަތުވާ ބަޔަކު އަތުލައިގެންފިޚަބަރު | 20 ގަޑިއިރު ކުރިންނުރައްކާތެރިކޮށް ސައިކަލް ދުއްވި މީހަކަށް ފިޔަވަޅު އަޅައި ސައިކަލް ޓޯކޮށްފިޚަބަރު | 2 ދުވަސް ކުރިން