ތިނަދޫގެ ސިނާއީ ސަރަހައްދުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
1 ސެޕްޓެމްބަރު 2026 - 07:36

ގދ. ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި މީހަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރު ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.

Ad by Hajj Corporation
ނިޔާވެފައިވާ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

-01.jpg&w=3840&q=75)
