logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ސަރުކާރުން ޤާނޫނުއަސާސީ އާއި ޚިލާފަށްކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ: ނައިބު ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2024 - 11:31
އެމްޑީޕީގެ ސަރުކާރުން ޤާނޫނުއަސާސީ އާއި ޚިލާފަށްކޮށްފައިވާ ކަންކަމަށް ޖަވާބުދާރީވާންޖެހޭނެ:  ނައިބު ރައީސް

އެމްޑީޕީގެ ސަރުކާރުން ޤާނޫނުއަސާސީ އާއި ޚިލާފަށްކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ، ''މާލީ ހިސާބުތައް އޮޅުވާލީ ރައީސް އޮފީހުގެ ނުފޫޒުން، ހަދަނީ ބުހުތާން ދޮގުކަމަށް، އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވާތީ، އެކަމާއިގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިއަދު ފެނިގެން ދަނީ ލިބުނު ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ނިމިދިޔަ ސަރުކާރުން ކުރަމުން ދިޔަ ކަންކަމަށް ފަސްއަޅައި ފޮރުވުމުގެ ނަތީޖާ ކަމަށެވެ.

''ކޮވިޑުގެ ދުވަސްވަރު ދިވެހި ދައުލަތަށް ލިބުނު އެހީތައް ފޮރުވާފައި ވަނީ މި ބީދައިން، ޤާނޫނުއަސާސީއާއި ޚިލާފަށް ކޮށްފައިވާކަންކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ޖެހޭނެ'' ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެފަވެއެވެ.

 

View post on Twitter

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވެފައިވާއިރު،  ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓުން ހަރަދުކޮށްފައިވަނީ ގާނޫނުއަސާސީ އާ ހިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން ކަމަށެވެ. އެހެންކަމުން، މި މައްސަލަ ބެލުމަށްފަހު ޒިންމާވާންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ ބަޖެޓުން ހަރަދުކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް ނުވައްދާ ރެކޯޑް ނުކޮށް ދެ ބިލިއަންއަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށެވެ. އަދި މާލީ ބޮޑެތި ގޯސްތަކެއް ފާހަގަކުރެވިގެން އެކަންކަން ބަލަމުން އަންނަކަމަށް މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިބު ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 5 ގަޑިއިރު ކުރިންރާއްޖެ އޮސްޓްރޭލިއާ ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދެނީޚަބަރު | އަހަރެއް ކުރިންފިޔޯރީއާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި ޚަބަރު | އަހަރެއް ކުރިންފިހުނު ދެމަފިރިންގެ އާއިލާއާ ނައިބު ރައީސް ބައްދަލުކުރައްވައިފިޚަބަރު | އަހަރެއް ކުރިން