އެންމެ ބޮޑު އަމާޒަކީ އިންސާފުވެރިކަމާ އެކު ޕާޓީގައި ގިނަ ދުވަހު މަސައްކަތްކުރި ފަރާތްތަކަށް ފުރުސަތު ލިބުން: އިބްހާހިމް ހުސެއިން
އަޙުމަދު ރިޝާން
5 ސެޕްޓެމްބަރު 2026 - 13:27

ކޮންގެރެސްގެ އެންމެ ބޮޑު އަމާޒަކީ އިންސާފުވެރިކަމާ އެކު ޕާޓީގައި ގިނަ ދުވަހު މަސައްކަތްކުރި ފަރާތްތަކަށް ފުރުސަތު ލިބުން ކަމަށް ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްހާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ފޯރި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ ޕާޓީދެކެ ލޯބިވާ ބައިވަރު ފަރާތްތަކެއް ޕާޓީއާ ގުޅިފައިވާ ކަމަށެވެ. އަދި އެކަމުގެ އެންމެ ބޮޑު ހެއްކަކީ އެ ފަރާތްތަކުން އެކި މަގާމުތަކަށް ކުރިމަތިލާން ނިންމާފައިވާ ނިންމުން ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

Ad by Hajj Corporation
ހުސެއިން ވިދާޅުވީ މިއީ ޕީއެންސީގެ ފުރަތަމަ ކޮންގްރެސް ކަމަށާއި މި ކޮންގްރެސްއަކީ ރައްޔިތުންނަށް އުފާވެރި ނިންމުންތަކެއް ނިންމާނެ ބަލާ ފޫހިނުވާވަރުގެ ކޮންގްރެސްއަކަށް ވެގެންދާނެ ކަމަށެވެ.


