logo
MPL

MPL

ޚަބަރު

އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުން ލިބޭނެ ރަނގަޅު ފައިދާތައް އެބަ ފެނޭ: އިބްރާހީމް ޙުސައިން

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޯގަސްޓު 2025 - 19:21
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުން ލިބޭނެ ރަނގަޅު ފައިދާތައް ފެނޭ: އިބްރާހީމް ޙުސައިން

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުން ލިބޭނެ ރަނގަޅު ފައިދާތައް ފެނިވަޑައިގަންނަވާ ކަމަށް ފުުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވެއްޖެއެވެ.

އިބްރާހީމް ހުސައިން މިހެން ވިދާޅުވީ، މިއަދު ބޭއްވި 2025 ވަނަ އަހަރު ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ 4 ވަނަ ޖަލްސާގައި، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަހުސްގައި މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ، ދިވެހިރާއްޖޭގެ މީޑިއާތައް މަދުން ނަމަވެސް ޙައްޤު ބަސް ނޫން ބުނާތަން ފެންނަކަމަށާއި، އަދި އެހެން ގޮތްގޮތަށް ބައެއް ފަރާތްތަކުން އެޑްވާންޓޭޖު ނަގަމުންދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް، މީޑިއާގެ މިނިވަންކަން މިހާރަށްވުރެ ބޮޑަށް ހުޅުވައިލަންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީޑިއާއަކީ ޤައުމުގެ 4 ވަނަ ބާރު ކަމަށް ވާއިރު، ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންތައްތައް ހާމަކަން ބޮޑު ގޮތެއްގައި ފޯރުކޮށްދިނުމަށް، މީޑިއާތަކަށް އިތުރަށް ބާރުދީ، އެ ބޭފުޅުން ބާރުވެރިކުރުވުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާ ރެގިއުލޭޓުކުރާ ދެ މުއައްސަސާ، އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލުމުން ލިބިގެންދާނެ ގިނަ ފައިދާތައް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މެންބަރު އިބްރާހީމް ޙުސައިން ވިދާޅުވީ، އެއްކަމެއް ކުރާ ދެ މުއައްސަސާ އޮތުމުގެ ސަބަބުން އޮޅުންބޮޅުންތައް އަރާ، މީޑިއާތައް ރެގިއުލޭޓު ނުކުރެވޭ މައްސަލަތައް ކުރިން ދިމާވެފައިވާ ކަމަށެވެ.

އެހެންކަމުން، މީޑިއާތައް ކޮންޓްރޯލުކުރުމުގެ ބަދަލުގައި، މީޑިއާތަކަށް ބާރުދީ، އެ މީޑިއާތަކާ ގާތް ގުޅުމެއް ބޭއްވުމަށް ފަހު، ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްޓަކައި އެ މީޑިއާތައް ރެގިއުލޭޓު ކުރާ ބޮޑީތަކުން އެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ގެންދެވުމުން މީޑިއާތައް ރަނގަޅަށް ކޮންޓްރޯލު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ޤާނޫނަށް ގެނެވޭ އިސްލާޙާއެކު އެ ގާނޫނުގައި ހުރި ހުސް ބާގަނޑުތައް ބަންދުވާނެ: ރިފާއުޚަބަރު | 2 ގަޑިއިރު ކުރިންޓެކްސް ޤާނޫނަށް ހުށަހެޅި އިސްލާހުން ފަތުރުވެރިކަމުގެ ދާއިރާގެ އެއްވެސް ޓެކްސްއެއް ބޮޑެއް ނުވޭ: ފަލާޙްޚަބަރު | 2 ގަޑިއިރު ކުރިންރާއްޖޭގައި ވިޔަފާރިކޮށް މަންފާ ހޯދާނަމަ ބޭރުގެ ޕްލެޓްފޯމުތަކުން ވެސް އިޤުތިޞާދަށް ކޮންޓްރިބިއުޓުކުރަންޖެހޭނެ: އިބްރާހީމް މުޙައްމަދުޚަބަރު | 2 ގަޑިއިރު ކުރިންފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ހޯދައިދިނުމަށް ރައީސް ކުރަށްވަނީ ވަރަށް ބުރަ މަސައްކަތްޕުޅެއް: އިބްރާހިމް ހުސައިންޚަބަރު | 2 ގަޑިއިރު ކުރިން