logo
Bank of Maldives

Bank of Maldives

ޚަބަރު

ތިލަފުށި ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތު އިސްކޮށް، ގާނޫނީ އުސޫލުތަކުގެ ތެރެއިން: އިކޮނޮމިކް މިނިސްޓްރީ

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 10:49
‘’ތިލަފުށި ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތު އިސްކޮށް، އުސޫލުގެ ތެރެއިން”

ތިލަފުށީގައި ތަރައްޤީކުރާ އައު ބައިނަލްއަޤްވާމީ ބަނދަރުގެ މަޝްރޫޢުގައި، ދިވެހި ސަރުކާރުން ވަކި ޚާރިޖީ ބައިވެރިއަކަށްވުރެ އަނެއް ބައިވެރިއަކަށް އިސްކަންދީފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފަތުރަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ދޮގުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ މިފަދަ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ސަރުކާރުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މިއީ ހަމައެކަނި ދިވެހިރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ އިސްކަންދޭ ކަންކަމަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، ރާއްޖޭގެ އެއްވެސް ބައިވެރިއަކާ މެދު ވަކި ގޮތަކަށް ދެކޭ ދެކުމެއް ނުވަތަ އެއްވެސް ފަރާތަކާ މެދު އޮތް ގުޅުމަށް ބަދަލެއް އައިކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން، މި ބަނދަރު ތަރައްޤީކުރުމާއި، މިލްކުވެރިކަމާއި، އަދި ހިންގުން އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ބާރުގެ ދަށުގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. ދިވެހިރާއްޖޭގެ އިސްތިޤްލާލަކީ އެއާމެދު އެއްވެސް ދޫދިނުމެއް އޮތް ކަމެއް ނޫން ކަމަށާއި، ޤާނޫނާއި ޤައުމީ މަޞްލަޙަތު ތަންދޭ މިންވަރުން ބޭރުން، ދިވެހިރާއްޖޭގެ އުމްރާނީ ތަރައްޤީގެ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ އެއްވެސް ޙައްޤެއް، ކުރީގެ ވިޔަސް އަދި މިހާރުގެ ވިޔަސް އެއްވެސް ބައިވެރިއަކަށް ލިބިގެން ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު ވިދާޅުވީ، "ތިލަފުށީ ބަނދަރަކީ ދިވެހި ރައްޔިތުންނަށާއި، ޤައުމުގެ ދިގު މުއްދަތުގެ ފާގަތިކަމަށް ޚިދުމަތްކުރުމަށްޓަކައި ތަރައްޤީކުރެވޭ ތަނެކެވެ. މި މަޝްރޫޢު ހަވާލުކުރެވުނީ ސަރުކާރުގެ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިންނެވެ. އަދި މިއީ އަޅުގަނޑުމެންގެ އެއްވެސް ބައިވެރިއަކާމެދު ވަކި ގޮތަކަށް ދެކިގެން ނިންމާފައިވާ ނިންމުމެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެ ހުރިހާ ބައިވެރިންނަކީވެސް ދިވެހިރާއްޖެއިން އަބަދުވެސް އަގުވަޒަންކުރާ ބައިވެރިންނެވެ."

އިކޮނޮމިކް މިނިސްޓްރީގެ ބަޔާން ނިންމާލަމުން ފާހަގަކޮށްފައިވަނީ، ސަރުކާރުގެ "ދިވެހިން އިސްކުރުން" (މޯލްޑިވްސް-ފަސްޓް) ޚާރިޖީ ސިޔާސަތަކީ، އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު އަދި ޤައުމީ މަޞްލަޙަތު އިސްކޮށް، ބައިނަލްއަޤްވާމީ ހުރިހާ ބައިވެރިންނާ އެކުވެސް ބިނާކުރަނިވި ގޮތެއްގައި ގުޅުން ދެމެހެއްޓުމުގެ ސިޔާސަތެއް ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

‘’ތިލަފުށި ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތު އިސްކޮށް، އުސޫލުގެ ތެރެއިން”ޚަބަރު | ގަޑިއިރެއް ކުރިންމި ސަރުކާރުން ފެށި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގެ ދަތުރު މާލީ ހަމަޖެހުމާއި، ޑިޖިޓަލް އަދި ފެހި އިޤްތިޞާދަކަށްރިޕޯޓް | 15 ދުވަސް ކުރިންވިޔަފަރީ ރަޖިސްޓްރޭޝަން ކޯލްތަކުގައި އިންތިޒާރުކުރަންޖެހޭ ވަގުތު ދެ މިނެޓަށް ކުޑަކުރެވިއްޖެ: މިނިސްޓްރީވިޔަފާރި | 2 މަސް ކުރިންރާއްޖެއަށް "ޕޭޕަލް" ގެ ހިދުމަތް ތައާރަފްކޮށްފިޚަބަރު | 3 މަސް ކުރިން