logo
MPL

MPL

ވިޔަފާރި

މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފި

އަޙުމަދު ރަމީޒު
22 އޮކްޓޯބަރު 2026 - 08:00
މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފި

ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައިނުވާތީ 17 ފިހާރައަކަށް ނޯޓިސްދީފި އެވެ.

ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާ ފިހާރަތައް ބަލައި ފާސްކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މިމަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގައި 34 ފިހާރައެއް ބަލައިފާސްކުރި އެވެ.

އެ މިނިސްޓްރީން ބުނީ ބަލައިފާސް ކުރެވުނު ފިހާރަތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހަމުންދަނީ 17 ފިހާރައިން ކަމަށެވެ. އަދި 17 ފިހާރައަކަށް ގާނޫނާ އެއްގޮތަށް އަގު ޖެހުމަށް ނޯޓިސް ދީފައިވާ ކަމަށެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައިވާ ގޮތުން ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.

މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން އެނގޭ ގޮތަށް ހުރުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދަލުގައި އަގު ނުޖަހާ 17 ފިހާރައަކަށް ނޯޓިސް ދީފިވިޔަފާރި | 3 ދުވަސް ކުރިންއިންވެސްޓަރުންނަށް ބިރުދެއްކުން ހުއްޓާލަންޖެހޭ: ސައީދުޚަބަރު | 8 ދުވަސް ކުރިންވިއްކާ މުދަލުގައި އަގު ޖަހަން އިލްތިމާސްކޮށްފިޚަބަރު | 11 ދުވަސް ކުރިން‘’ތިލަފުށި ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަނީ ގައުމީ މަސްލަހަތު އިސްކޮށް، އުސޫލުގެ ތެރެއިން”ޚަބަރު | 2 މަސް ކުރިން