logo
Bank of Maldives

Bank of Maldives

ޚަބަރު

ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާ

އައިޝަތު ނަޝާ
11 ސެޕްޓެމްބަރު 2026 - 08:11
 ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާ

ރަނގަޅު ޢާއިލާއަކީ ރަނގަޅު މުޖުތަމަޢެއްގެ ބިންގާ ކަމަށާއި އަދި ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ "އިސްލާމްދީނުގައި ސާބިތުވުން" އެވެ. ހުކުރު ޚުޠުބާގައި ބުނެފައި ވަނީ ފަރުދީ ޒިންމާއަކީ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފުސުގައި އިސްލާމްދީނުގެ ޢަޤީދާއާއި ޙުކުމްތައް ހަރުލެއްވުންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ޤަރުނަކަށް ފަހު ޤަރުނެއް އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރުވީއިރު، މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި މިނިވަންކަމާއެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށް ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެ އެވެ.

މީގެއިތުރުން މުޖުތަމަޢެއްގައި، އިސްލާމްދީން ދެމިއޮންނާނީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށާއި،މި ދީނަކީ އެކަކު އަނެކަކަށް އިޙުތިރާމުކޮށް، މީސްތަކުންގެ އަބުރާއި ކަރާމަތާއި ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގޮވައިލާ ދީން ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

"އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށްޓަކައި ޤާނޫނީގޮތުންނާއި ސިޔާސީ ފެންވަރުގައްޔާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ޢުމްރާނީ ތަރައްޤީއާއި ޙަޟާރަތުގެ ތެރެއިން ކުރެވިދާނެ ކަންތައްތަކެއް ވޭ. އޭގެތެރޭގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރުމާއި އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުން ހިމެނޭ." ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 ދިވެހިރާއްޖޭގައި އިސްލާމްދީން މިހައިތަނަށް ވެސް ދެމިއޮތީ މާތް ﷲ ގެ ފަޟުލުވަންތަކަމަށް ފަހު ދިވެހި ދައުލަތުން އެކަމަށް ދިން މުހިންމުކަމުގެ ސަބަބުންނާއި ދުސްތޫރީ ގޮތުންނާއި ޤާނޫނީ ގޮތުން ދީން ޙިމާޔަތްކުރެވިފައި އޮތުމުގެ ސަބަބުންނާއި، ދިވެހީންގެ މެދުގައި އިސްލާމް ދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމުން ކަން ވެސް ހުތުބާގައި ފާހަގަކުރިއެވެ.

"އިސްލާމްދީނުގެ ވަރުގަދަކަމާއި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އިޖުތިމާޢީ އެންމެ ވަރުގަދަ އަސާސަކީ ނަމާދު. މީގެ އިތުރަށް މުޖުތަމަޢުގައި އިސްލާމީ އަޚުލާޤު ދެމެހެއްޓުމާއި ބޮޑެތިމީހުންނަށް ކަމޭހިތުމާއި ކުޑަކުދީންނަށް އޯގާތެރިވުމާއި ޣީބަ ނުބުނުމާއި މީސްތަކުންނަށް ހެޔޮކޮށްހިތުމާއި އަބުރާނުބެހުމާއި ދީނީ އެންމެހައި އަޚުލާޤިއްޔާތު އިޖުތިމާޢީ ގޮތުން ދެމެހެއްޓުން." ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވެ އެވެ.

ޚުޠުބާގައި ބުނެފައި ވަނީ ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީންނާއި އެންމެހައި އަފުރާދުން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރަން މަސައްކަތްކުރާންވާނެކަމަށެވެ. މި ގޮތުން މާތް ﷲ މަޢުރިފާކޮށް ދެނގަތުމާއި އެކަލާނގެ ރަސޫލާއަށް އީމާންވާން ދަސްކޮށްދިނުމާއި އެކަލޭގެފާނުގެ ޝަޚުޞިއްޔަތުގެ ރިވެތި ސިފަތައް ދަސްކޮށްދީ ނަމާދު ކުރާން ހާނުވާންވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާޚަބަރު | ގަޑިއިރެއް ކުރިންކުޑަކުދީންނަށް އެކި އަނިޔާކުރާ މީހުން މި މުޖުތަމަޢުގައި އުޅުމަކީ ހިތާމަހުރިކަމެއް: ހުތުބާޚަބަރު | 7 ދުވަސް ކުރިން ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަނާވެދާނެ: ހުތުބާޚަބަރު | 14 ދުވަސް ކުރިންމީސްތަކުން ޖާހިލުކަމުގެ އަނދިރީގައި ވަނިކޮށް، ކީރިތި ރަސޫލާ ފޮނުއްވުނީ ޢާލަމްތަކަށް ރަޙުމަތެއްގެ ގޮތުގައި: ޚުޠުބާޚަބަރު | 21 ދުވަސް ކުރިން