އާ ލީޑަރޝިޕާއެކު ޕާޓީއަށް އާރޯކަމާއި ފާގަތިކަން އަންނާނެ: ނައިބު ރައީސް
16 ސެޕްޓެމްބަރު 2026 - 13:31

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިއަދު އިންތިޚާބު ކުރި ޕާޓީގެ އާ ލީޑަރޝިޕްގައި ހިމެެނެނީ ކުޅަދާނަ، ޤާބިލް ބޭފުޅުންތަކެއް ކަމަށާއި، އާ ލީޑަރޝިޕާއެކު ޕާޓީއަށް އާރޯކަމާއި ފާގަތިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނާއިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މަޖި މަޖިލީހުގައި އޮތް ސިއްޙީ ދާއިރާއާ ގުޅޭ ޚާއްސަ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވުމަށް ފަހު މެންދުރު ޓީވީއަށް ދެއްވި ބަސްދީޤަތުމެއްގަ އެވެ. ނާއިބު ރައީސް ވިދާޅުވީ މަތީ މަޖިލީހުގައި އިންތިހާބުވެގެން ދިޔަ މަޤާމުތަކާއެކު ކޮންގްރެސް ޕާޓީ ތަރުތީބު ވެގެންދިޔައީ މުޅި ރާއްޖެ ތަމްސީލުވާނެ ގޮތަކަށް ކަމަށެވެ.

Ad by Hajj Corporation
" ކޮންގްރެސް ޕާޓީގެ މަތީ މަޖިލީސް ނުވަތަ ކޮންގްރެސް އަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ވަރަށް ކާމިޔާބު ކޮންގްރެސް އެއް. އަޅުގަނޑު ޤަބޫލުކުރަން މި ލީޑަރޝިޕަކީ ކުޅަދާނަ، ޤާބިލް ލީޑަރޝިޕަކަށް ވެގެންދާނެކަމަށް. ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ފަސޭހަފުޅު، މަސައްކަތްޕުޅުތަކެއް އެ ބޭފުޅުން އަމިއްލަފުޅު އިސްނެންގެވުމަށް ކުރައްވާނެ ބޭފުޅުންތަކެއް ކަމާމެދު އެއްވެސް ޝައްކެއް ނެތް" ނައިބު ރައީސް
ވާހަކަ ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއީ ވަރަށް ކާމިޔާބު ވަރަށް ފުރިހަމަ ކޮންގްރެސް އެއް ކަން ފާހަގަ ކުރައްވާފައެވެ.


