މި ކޮންގްރެސްއިން 2028 ގައި ސަރުކާރު ދިފާއު ކުރަން ކުރަންޖެހޭނެ ކަންތައްތައް ސާފުވެއްޖެ: ޝިޔާމް
16 ސެޕްޓެމްބަރު 2026 - 14:20

މިހާރު ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލީހުން، 2028 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ހޯދާދެއްވުމަށް ނުވަތަ މި ސަރުކާރު ދިފާއު ކުރަން ޕާޓީގެ ފަރާތުން ކުރަންޖެހޭ ކަންކަން ވަރަށް ރަނގަޅަށް ސާފު ވެއްޖެކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ، މަތީ މަޖިލީހުގައި މިއަދު އޮތް ޒުވާނުންގެ ހަރަކާތުން ހުށަހަޅާ ސެޝަން ނިންމާލެއްވުމަށްފަހު މެންދުރު ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

Ad by Hajj Corporation
ވަޒީރު ޝިޔާމް ވިދާޅުވީ،މި ކޮންގްރެސް ގައި ބޭއްވi ވަކިވަކި ބައްދަލުވުންތަކުގެ އަލީގައި ޕާޓީގެ ކުރިމަގު ބައްޓަންކުރަން ފަސޭހަވެގެން ދާނެކަމަށާއި،އަދި މި ކޮންގްރެސް ނިމިނިގެންދާއިރު ޕާޓީގެ ކުރިމަގު ކުރެހިގެން ދާނެކަމަށެވެ.
"2028 ގަ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ހޯދާދެއްވުމަށް ކުރަންޖެހޭ ކަންކަން ވަރަށް ސާފު އިނގޭތޯ. އެއީ ހަމައެކަނި މި ކޮންގްރެސް އަކުން އެކަންޏެއް ނޫން. ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 2 އަހަރު ރާއްޖޭގެ ހުރިހާ ރަށްތަކަށް އެއް ފަހަރަށް ވުރެ ގިނަފަހަރު ވަޑައިގެންފާ ވާތީ ސަރުކާރަށް އިނގޭ ރައްޔިތުންނާ ހިސާބުގަ ހުރި ކަންކަމަކީ ކޮބާކަން. އަޅުގަނޑުމެންނަށް އޮތް ގޮންޖެހުމަކީ ސަރުކާރު އައި އިރުގަ ދިވެހި ރާއްޖެ އޮތް މާލީ ހާލަތު އޮތްގޮތް.އެހެންނަމަވެސް ރަނގަޅު ނިޔަތަކާ އެކު ރައީސުލްޖުމްހޫރިއްޔާ މި ފެއްޓެވި މަސައްކަތްފުޅުން އަޅުގަނޑުމެންނަށް އެންމެ ނުރައްކާތެރި ހާލަތުން މިހާރު ވަނީ އަރާގަނެވިފަ" ވަޒީރު ޝިޔާމް
ވަޒީރު ވިދާޅުވީ ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެއްކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދެވަނަ ދައުރެއް ކާމިޔާބުކޮށްދިނުމަށް ޕާޓިގެ ހުރިހާ ބޭފުޅުން ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.


