ގުޅީފަޅުން ހަވާލުކުރަންޖެހޭ ގިނަ ގޯތިތަކެއްގެ ރަޖިސްޓްރީ ހަވާލުކޮށް ނިމިއްޖެ
17 ސެޕްޓެމްބަރު 2026 - 12:18
.jpg&w=3840&q=75)
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރަން ނިންމާފައިވާ ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ގެދޮރިވެރިކަމާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
މި މަޝްރޫޢުގެ ދަށުން ގުޅިފަޅުން ޖުމްލަ 3,548 ޕްލޮޓް ދޫކުރުމަށް ނިންމާފައިވެ އެވެ. މިހާތަނަށް އައިރު ގުޅީފަޅުން ދޫކޮށްފައި ވަނީ 3,086 ބިމެކެވެ. އެ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ. މިއީ ޖުމްލަ ދޫކުރަން ކަނޑައަޅާފައިވާ ރަޖިސްޓަރީގެ 87 އިންސައްތަ އެވެ.މީގެ އިތުރުން، މިހާތަނަށް 1,393 ފަރާތަކަށް އަމަލީ ގޮތުން ބިން ވަނީ ބިން ހަވާލުކޮށްދީފައެވެ. ނިސްބަތުން ބަލާއިރު މިއީ ދޫކުރަން ހަމަޖެހިފައިވާ ޖުމްލަ ބިންތަކުގެ 39.3 އިންސައްތައެވެ.

Ad by Hajj Corporation
ގުޅިފަޅުން ބިން ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ރަސްމީ ލިޔުން، މިހާރު "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އަދި ތިލަމާލެ ބްރިޖް މަޝްރޫޢަށާއި އެކި ބޭނުންތަކަށް ވަގުތީ ގޮތުން ދޫކޮށްފައިވާ ސަރަޙައްދުތަކުގައި ހިމެނޭ ގޯތިތައް، އެ ބިންތައް ހުސްވިހާ އަވަހަކަށް ހައްގުވެރި ފަރާތްތަކާ ހަވާލުކުރުމަށް ވަނީ ނިންމާފަ އެވެ. ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގެ ހައްގު ވީ އެންމެ އަވަހަކަށް، ދެފުށް ފެންނަ ގޮތެއްގައި ފޯރުކޮށްދިނުމެވެ.


