logo
Bank of Maldives

Bank of Maldives

ޚަބަރު

ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ: ހުތުބާ

އައިޝަތު ނަޝާ
18 ސެޕްޓެމްބަރު 2026 - 08:20
 ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ: ހުތުބާ

އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދާންޖެހޭ ކަމަށާއި، ޢަދުލުވެރިކަމާ އެކު ހޭދަކުރުމާއި، އިސްރާފުނުކުރުމާއި ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ އަކީ"މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" އެވެ.

ހުކުރު ޚުޠުބާގައި ވަނީ އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި މުދަލުގެ ނިޢުމަތް ހިމެނޭ ކަމަށާއި، އެއީ އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުންޔަވީ އެންމެހައި ޙާޖަތްތައްފުއްދުމަށް ލައްވައިފައިވާ ވަސީލަތެއް ކަމަށް ބުނެފައެވެ. ހަމަ އެއާ އެކު، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށާއި، ޤިޔާމަތްދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ ބެހޭ ގޮތުން މީސްތަކުންނާ ސުވާލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ސަބަބެކެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެކެވެ. މުސްތަޤުބަލަށް ޓަކައި މުދާ ރައްކާކުރުމަކީ ވެސް މުހިންމުކަމެކެވެ. އެހެނީ އިންސާނާގެ ޙަޔާތުގައި ތަފާތު އެކި ޙާލަތްތަކާ ކުރިމަތިލާން ޖެހެއެވެ. ބަލިވުމާއި، އަތްމަތި ދަތިވުމާއި، ކުއްލިއަކަށް ދިމާވާ ބޮޑެތި ކަންކަމެވެ. ފަހަށް ރައްކާކުރުމަކީ މި ގޮތުން ދިމާވާ ކަންކަމާ ކުރިމަތިލުމަށް ލިބޭ ބާރެކެވެ. އަތްމަތި ދަތިވެ ސަލާންޖެހުން ފަދަ ކަންކަމުން ރައްކާތެރިކޮށްދޭނޭ ކަމެކެވެ." ހުކުރު ޚުޠުބާ

މީގެއިތުރުން ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމަ ކަމަށާއި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާން ޖެހޭކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.

ޚުޠުބާގައި ވަނީ ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމަށާއި ،ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއްކަން ފާހަގަކޮށްފައެވެ.

"ޘަވާބާއި ދަރުމައަށް އެދި ޢާއިލާއަށް ޚަރަދުކުރުމަކީ އަޅުކަމެއް.މުދާ ހޭދަކުރުމުގައި ޢަދުލުވެރިވުމާއި، ދަރަނީން ރައްކާތެރިވުމާއި، ފަހަށް ރައްކާކުރުމާއި، މުދަލުގައި ހިމެނޭ ހައްޤުތަކާ މެދު ޢާއިލާގެ މެމްބަރުންނަށް ނަސޭހަތްތެރިވާންވާނެ. މާލީގޮތުން ހަރުދަނާ މުޖުތަމަޢެއް ބިނާވުމުން އަމާނާތްތެރިކަމާއި، ތެދުވެރިކަމާ އެކު ޒިންމާދާރުވާނެ މުޖުތަމަޢެއް ބިނާވާނެ" ހުތުބާ

މާލީ މުޢާމަލާތްތައްކުރުމުގައި ޢަދުލުވެރިކަމާ އެކު ދެމިހުރުމަކީ އީމާންކަމުގެ މަތިވެރި ޢަލާމާތެއްކަމަށާއި، މީސްތަކުންގެ ޙައްޤުތަކާ މެދު ރައްކާތެރިވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައިވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙާޖަތެއް ނެތި ދަރަނިނެގުމުން އެއްކިބާވާން ޖެހޭ: ހުތުބާޚަބަރު | 2 ގަޑިއިރު ކުރިން ރަނގަޅު މުޖުތަމަޢަކީ ރަނގަޅު ދައުލަތެއްގެ އަސާސް: ހުތުބާޚަބަރު | 7 ދުވަސް ކުރިންކުޑަކުދީންނަށް އެކި އަނިޔާކުރާ މީހުން މި މުޖުތަމަޢުގައި އުޅުމަކީ ހިތާމަހުރިކަމެއް: ހުތުބާޚަބަރު | 14 ދުވަސް ކުރިން ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަނާވެދާނެ: ހުތުބާޚަބަރު | 21 ދުވަސް ކުރިން