logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޑީބީގެ އަންދާޒާ: އަންނަ އަހަރު ވާނީ ރާއްޖެ އަށް އިގްތިސޯދީ ކާމިޔާބީތައް ހާސިލްވާ މުހިންމު އަހަރަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ސެޕްޓެމްބަރު 2026 - 17:53
އޭޑީބީގެ އަންދާޒާ: އަންނަ އަހަރު ވާނީ ރާއްޖެ އަށް އިގްތިސޯދީ ކާމިޔާބީތައް ހާސިލްވާ މުހިންމު އަހަރަކަށް

މި އަހަރާ އަޅައިބަލާއިރު އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ދަށްވެ، ޖީޑީޕީ 3 ޕަސަންޓުން ކުރިއަރާނެ ކަމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ލަފާކޮށްފިއެވެ.

އޭޑީބީން މިއަދު ނެރުނު އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ އިގުތިސޯދީ އަންދާޒާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި މި އަހަރު ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އެއް ޕަސެންޓުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅައިބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 5.7 ޕަސަންޓު ދަށަށް ގޮސްފައިވީ ނަމަވެސް، ފަތުރުވެރިން ކުރި ހޭދަ އިތުރުވުމުން މެއި މަހުގެ ނިޔަލަށް ދަތުރުފަތުރުން ލިބުނު އާމްދަނީ ވަނީ 1.9 ޕަސަންޓު ކުރިއަރާފައެވެ. އަދި ރިސޯޓުތަކުގެ އިންވެސްޓްމަންޓްތަކާއި ސަރުކާރުގެ ކެޕިޓަލް ހަރަދުތައް 12.9 ޕަސެންޓު އިތުރުވުމާ ގުޅިގެން އިމާރާތްކުރުމުގެ ސިނާއަތް ކުރިއަރާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މަސްވެރިކަން ދަށްވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އަހަރުގެ ފުރަތަމަ ހަ މަހު މަސް ބޭރުކުރި މިންވަރު ވަނީ 49.7 ޕަސަންޓު ދަށަށް ގޮސްފައެވެ.

އޭޑީބީން ބުނެފައިވަނީ ރާއްޖޭގެ އިންފްލޭޝަން މި އަހަރު 2.2 ޕަސަންޓުގައި ހުރުމަށްފަހު އަންނަ އަހަރު 2.0 ޕަސަންޓަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ތެލާއި ކަރަންޓަށް ދޭ ބޮޑެތި ސަބްސިޑީތަކުގެ ސަބަބުން ތަކެތީގެ އަގު ކޮންޓްރޯލް ކުރެވުނު ނަމަވެސް، މީގެ ސަބަބުން ފިސްކަލް ޑެފިސިޓާއި ދައުލަތުގެ ދަރަނި އިތުރުވަމުންދާ ކަމަށް އިންޒާރު ދީފައިވެއެވެ. މި އަހަރު ފިސްކަލް ޑެފިސިޓް ހަ ޕަސެންޓުގައި ހުންނާނެ ކަމަށް ލަފާކުރާއިރު، އަންނަ އަހަރު މިއަދަދު 4.5 ޕަސެންޓަށް އަދި ކަރަންޓް އެކައުންޓް ޑެފިސިޓް 12.5 ޕަސެންޓަށް ކުޑަވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޑީބީގެ އަންދާޒާ: އަންނަ އަހަރު ވާނީ ރާއްޖެ އަށް އިގްތިސޯދީ ކާމިޔާބީތައް ހާސިލްވާ މުހިންމު އަހަރަކަށްޚަބަރު | ގަޑިއިރެއް ކުރިންއޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންއޭޑީބީން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީޚަބަރު | 2 އަހަރު ކުރިން