logo
MPL

MPL

ޚަބަރު

އޭޑީބީން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 ނޮވެމްބަރު 2024 - 13:43
އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް: އެ ބޭންކުން ވަނީ ރާއްޖެއަށް އެހީ ވުމަށް ނިންމާފައި
އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް: އެ ބޭންކުން ވަނީ ރާއްޖެއަށް އެހީ ވުމަށް ނިންމާފައި

އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 21.95 މިލިއަން ޑޮލަރުގެ ފައިނޭންސިން އެހީ ދިނުމަށް ނިންމައިފިއެވެ.

އޭޑީބީން އެ ފައިސާ ދެނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކަށް ޚާއްސަކޮށެވެ. އެގޮތުން އެ ޕެކޭޖުގައި ހިމެނެނީ ހަތަރު މިލިއަން ޑޮލަރުގެ ލުއި ލޯނަކާއި އެންމެ ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ދޭ 17.95 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއަށް ރިއަލް ޓައިމް މޫސުން މޮނިޓަކުރުމުގެ އިތުރުން، އާލީ ވޯނިންގ ސިސްޓަމެއް ޤާއިމުކުރެވޭނެއެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ކާރިސާތަކަށް ތައްޔާރުވުމާއި އިޖާބަ ދިނުމާ ބެހޭ ގޮތުން ކޮމިއުނިޓީ ޓްރެއިނިން އާއި ހޭލުންތެރިކަން ވެސް އެ ޕްރޮޖެކްޓްގެ ތެރެއިން އިތުރުކުރާނެއެވެ.

މީގެ އިތުރުން، އެ ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ އިތުރުން ސްޓޯމްވޯޓަ ޑްރެނޭޖް އެންޑް ފިލްޓްރޭޝަން ސިސްޓަމްތައް ޤާއިމުކުރެވޭނެއެވެ. އަދި ކުޅުދުއްފުށީގެ ކުޅި ސަރަހައްދާއި ގޮނޑުދޮށް ހިމަޔާތްކޮށް ހިމާޔަތްކޮށް، ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި އާޓިފިޝަލް ކޮރަލް، ބާމްސް އަދި ގްރޮއިންސް ފަދަ އޮފްޝޯ އަދި ނިއާޝޯ އިންފްރާސްޓްރަކްޗާތައް އެޅުމަށް ވެސް ވަނީ ނިންމާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޑީބީން އެނާޖީ ސެކިއުރިޓީއަށް ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއޭޑީބީން ރާއްޖެއަށް 21 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދެނީޚަބަރު | 2 އަހަރު ކުރިން