ގޯތީގެ ލިއުން ހަވާލުކުރީ ދެވަނަ ދައުރެއް ހޯދަންވެގެން ހަމައެއްނެތި ކަނޑުން: މުހައްމަދު އިސްމާއީލް


21 އޮކްޓޯބަރު 2024 - 19:05
ނިމުނު އެމްޑީޕީގެ ސަރުކާރުން ގޯތިތަކެއް ކަމަށް ބުނެ ލިޔުން ދޫކުރީ ދެވަނަ ދައުރެއް ހޯދުމުގެ ނިޔަތުގައި އެއްވެސް ހަމައެއް ލަމައެއް ނެތިކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ހިނގަމުން ދިޔަ ވަގުތު މަޖިލިސް ކުރާ ގޭދޮށަށް އެއްވެ، ގޯތި ހަވާލުކުރަން އަވަސްކުރަން ގޮވާލަންކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ވަނީ މުޒާހަރާކޮށްފައެވެ.
މި މުޒާހަރާގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެފައިވާއިރު، އެ މެންބަރުންނަށް އިޝާރާތްކުރަށްވައި މުހައްމަދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
''އަމިއްލައައް ބޮޑުކަމު ހާޖަތައްގޮސް ތަފާލިވަރުގަ ދަނޑިން ތެޅީމާ ތިކި ބުރާނީ އަމިއްލަ ގަޔައްކަން ދަންނަމުތަ ؟ ކަލޭމެންނޭ. ތިޔައިއްޒަތްތެރި މެންބުރުންނާ ތިޔަމެންބަރުން ހިމެނޭ ވެރިކަން ނިމިނިމި އޮށްވާ ތިޔަބުނާ ގޯތިތަކެއްގަ ލިއުންތައް ހަވާލުކުރީ ދެވަނަ ދައުރެއްހޯދުމުގެ ނިޔަތުގަ ހަމައެއްލަމައެއްނެތި ކަނޑުތަކުންނާ ގިރި ފަރު ތަކުންނާ ހުޅުމާލޭގެ ޖަންގުސަންތަކުންނާ ބޮޑެތިމަގުތަކުގެ މެދުންނޭ'' މުހައްމަދު ވިދާޅުވެފަވެއެވެ.
މުހައްމަދު ވަނީ އެ މެންބަރުން ހަމަހޭގައި ތިއްބެވުމަށް އަދި ވަޑައިގެންފައެވެ.
އިތުރު ލިޔުންތައް
ރާއްޖޭގެ ކުދި ކުންފުނިތައް އިނދަޖައްސައިލީ އެމްޑީޕީން: މުހައްމަދު އިސްމާއީލް
7 މަސް ކުރިން
މުޢިއްޒު ފަދަ ވެރިޔަކު ލިބުނީތީ ދިވެހިން އުފާކޮށް ޝުކުރުވެރިވާންޖެހޭ: މުހައްމަދު އިސްމާއީލް
7 މަސް ކުރިންސިނގިރޭޓް ބޯ މީހުންނަށް އާސަންދައިން ބޭސް ނުކުރެވޭ ގޮތަށް ގާނޫނު އިސްލާހްކުރަންޖެހޭ: މުހައްމަދު އިސްމާއީލް
6 މަސް ކުރިން