logoEN
ޚަބަރު

ރާއްޖޭގެ ކުދި ކުންފުނިތައް އިނދަޖައްސައިލީ އެމްޑީޕީން: މުހައްމަދު އިސްމާއީލް

މުހައްމަދު މޫސާމުހައްމަދު މޫސާ

16 ސެޕްޓެމްބަރު 2024 - 07:56

ދިވެހިރާއްޖޭގެ ކުދި ކުންފުނިތައް އިނދަޖައްސައިލީ މިދިޔަ ސަރުކާރުގައި އެމްޑީޕީން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ދެވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، އެންމެފަހުން އޮން އޮތް ހއ. މާރަންދޫގެ ބައި-އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ނުވުމުން އެމީހުނަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. އެހެންކަމުން ގަސްދުގައި ހަގީގަތް އޮޅުވާލަން އުޅޭކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރުމުގެ ވަގުތުގައި މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކާގައި ވިދާޅުވީ، ހަގީގަތުގައި ރާއްޖޭގެ މެދުފަންތިއާއި، ޚާއްޞަކޮށް ކުދި ވިޔަފާރިތައް ''ފުނޑާލީ'' އެމްޑީޕީންނެވެ.

އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނިތައް ވެސް ހަލާކުކޮށްލައި، ދަރުވާލާފައިވާކަމަށާއި، ސަލާމަތްވި ''އޭ'' ގްރޭޑްގެ ދެ ތިން ކުންފުންޏަކީ އެތަންތަނުގައި ތިބި ހަރުދަނާ ވެރިންގެ ސަަބަބުން ސަލާމަތްވިތަންތަން ކަމަށް މުހައްމަދު އިސްމާއީލް ވަނީ ވިދާޅުވެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder