logo
MPL

MPL

ޚަބަރު

ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކް ކުރާނަމަ ފިޔަވަޅު އަޅަނީ

އައިޝަތު ނަޝާ
2 އޮކްޓޯބަރު 2026 - 13:22
ހުޅުމާލޭގެ ދުވާރުތަކުގައި އުޅަނދު ޕާކް ކުރާނަމަ ފިޔަވަޅު އަޅަނީ

ހުޅުމާލޭގެ ދުވާރުގައި ޤަވާއިދާ ޚިލާފަށް އުޅަނދު ޕާކްކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ޚާއްސަކޮށްފައިވާ ދުވާރުތަކުގައާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިގޮތަށް އުޅަނދު ޕާކުކުރުމަކީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ ކަމަކަށްވާތީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި، އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކު ނުކުރުމަށް އެންމެހައި ފަރާތްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޢިލްތިމާސް ކުރައްވާފައެވެ. އަދި މިގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter



މިފަދަ ފިޔަވަޅުތައް އެޅުމުގެ މަޤުސަދަކީ މަގުތަކަކީ، އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމާއި ނުރައްކާތެރި ހާދިސާތައް ހުއްޓުވުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސީޕީ އަހްމަދު މުހައްމަދު އެންޑީއެމްއޭގެ އިސްވެރިންނާ ބައްދަލުކުރައްވައިފިޚަބަރު | 20 ގަޑިއިރު ކުރިންފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ހަމަޖައްސަވައިފިޚަބަރު | 2 ދުވަސް ކުރިންބަނގުރަލުގެ ބޮޑު ވިޔަފާރިއެއް ހުއްޓުވައި ދެ ބިދޭސީއަކު ޑީޕޯޓްކުރަން ނިންމައިފިޚަބަރު | 2 ދުވަސް ކުރިންތަކުރާރުކޮށް ނުރައްކާތެރިކޮށް އުޅަނދުދުއްވާ ފަރާތްތަކުގެ ވަނަވަރު އާންމުކުރަނީޚަބަރު | 3 ދުވަސް ކުރިން