ކްރޮސްރޯޑްސް މޯލްޑިވްސް ރިޒޯޓުގެ ބައުންޑަރީ ތެރޭގައިވާ ސަރަހައްދު، ޙިމާޔަތް ކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައިފި
12 އޮކްޓޯބަރު 2026 - 09:48

އެނބޫދޫ ފަޅުގައި އޮންނަ ކްރޮސްރޯޑްސް މޯލްޑިވްސް ރިޒޯޓުގެ ބައުންޑަރީ ތެރޭގައިވާ ސަރަހައްދު، ރަސްމީކޮށް އޯ.އީ.ސީ.އެމް (އަދަރ އިފެކްޓިވް އޭރިއާ-ބޭސްޑް ކޮންޒަރވޭޝަން މެޝާރޒް) އެއްގެ ގޮތުގައި މިއަދު މިވަނީ ކަނޑައަޅައިފިއެވެ.
މިއަދު ކްރޮސްރޯޑްސްގައި ބޭއްވި ޚާއްސަ ހަފްލަގައި އެ ސަރަހައްދަށް އޯ.އީ.ސީ.އެމް ގެ އެވޯޑު ކްރޮސްރޯޑްސްއާއި ޙަވާލުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފެވެ.
.png&w=750&q=75)
Ad by Hajj Corporation
އޯއީސީއެމް އެވޯޑް ކްރޮސްރޯޑަށް ޙަވާލުކޮށް ދިނުމަށްފަހު މިނިސްޓަރ ޢަލީ ޝަރީފް ވިދާޅުވީ ކްރްޮސްރޯޑްސްއިން މިކުރި މަސައްކަތް ރާއްޖޭގެ އެހެން ރިސޯޓްތަކުންވެސް ނަމޫނާއަކަށް ބަލައި މިމަސައްކަތް ކުރަން ޖެހޭކަމަށެވެ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤުދުރަތީ ދިރުންތައް ޙިމާޔަތް ކުރެވި، ފަތުވެރިކަން އިތުރަށް ފުޅާވެގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ކަންކަމަކީ ހަމައެކަނި ސަރުކާރުން އެކަނި ކޮށްގެން ކާމިޔާބުކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި ޕްރައިވެޓް ސެކްޓާގައި މަސައްކަތްކުރައްވާ ބޭފުޅުން މިފަދަ ކަންކަމުގައި ލީޑް ނަންގަވައިގެން ކުރެއްވުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ފަތުރުވެރިކަން ބިނާވެފައިވަނީ އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތީ ވަޞީލަތްތަކުގެ މައްޗަށް ކަމަށެވެ.
ކްރޮސްރޯޑްސްގެ މި ސަރަހައްދަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީ (ސީ.ބީ.ޑީ) ގެ ދަށުންނާއި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކަނޑައެޅުނު، ޖުމުލަ 1.71 އަކަ ކިލޯމީޓަރުގެ ފަރުގެ ސަރަހައްދެކެވެ. ކްރޮސްރޯޑްސްއިން މި ސަރަހައްދު ބަލަހައްޓަނީ ތަފާތު 3 ޒޯނަކަށް ބަހާލައިގެންނެވެ.
ނެތިދިއުމުގެ ބިރު ހީވެފައިވާކަމަށް ރެކޯޑްކޮށްފައިވާ ކަހަނބުގެ ބާވަތްތައް ވެސް މި ސަރަހައްދުން ފެންނަމުންދެއެވެ.
އަދި ޚާއްޞަކޮށް، މި އޯ.އީ.ސީ.އެމްގެ 3 ވަނަ ޒޯނަކީ ގިނަ އަދަދެއްގެ ކޯމަހުގެ ބާވަތްތައް ފެންނަ ކަމަށް ރެކޯޑުކުރެވިފައިވާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިސަރަޙައްދު ފާހަގަ ކުރެވެނީ ތަފާތު އެކި ކަހަލަ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދެއްގެ ގޮތުގައެވެ.

-01.jpg&w=3840&q=75)
