ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ 4 ވަނަ ބެޗް މާފިލާފުއްޓަށް ފުރައިފި
13 އޮކްޓޯބަރު 2026 - 08:18

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ 04 ވަނަ ބެޗުގައި ހިމެނޭ ތަމްރީނުވެރިން، ޅ. މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރަށް ފުރައިފިއެވެ.
މިރަސްމީ ތަމްރީނުތައް ފެށިގެންގޮސްފައިވަނީ މިއަދު (13 އޮކްޓޫބަރު 2026) އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި 4 ވަނަ ބެޗުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން (126 ރަށަކުން) ހޮވާލެވުނު ޖުމްލަ 351 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ:
287 ފިރިހެން ދަރިވަރުން
64 އަންހެން ދަރިވަރުން
14 ހަފުތާއަށް ކުރިއަށް ގެންދާ މިތަމްރީނުގެ މައިގަނޑު މަގްސަދަކީ ޒުވާނުންގެ ކިބައިގައި ޤައުމިއްޔަތުގެ ރޫޙާއި، އިސްލާމްދީނަށް ލޯބިކުރުމާއި، އަޚްލާޤާއި ސުލޫކު ރަނގަޅުކުރުން. އަދި ދިވެހިރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާއި ނުރައްކާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ޤާބިލު ޖީލެއް ބިނާކުރުމެވެ.
މި 14 ހަފުތާގެ ތަމްރީނު ފުރިހަމަކުރާ ދަރިވަރުންނަށް ތަފާތު 5 ދާއިރާއަކުން ޚާއްޞަ ސަނަދުތަކެއް ލިބިގެންދާނެއެވެ:
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ހުރިހާ ދަރިވަރުންނަށް)
ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް (ޝަރުޠު ހަމަވާ ދަރިވަރުންނަށް)
ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ ސެޓްފިކެޓް
ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް
ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް
މި ޕްރޮގްރާމަކީ ޒުވާނުންނަށް ސަލާމަތީ ޚިދުމަތްތަކަށާއި މުޖުތަމައުގެ އެހެނިހެން ދާއިރާތަކަށް ވަނުމަށް ލިބިގެންދާ ވަރަށްބޮޑު ރަނުގެ ފުރުޞަތެކެވެ.

-01.jpg&w=3840&q=75)
