logo
Bank of Maldives

Bank of Maldives

ޚަބަރު

8300 ފުޅި ބަނގުރަލާއި 177 ކިލޯގެ ޑްރަގްސް ވަނީ ހިފެހެއްޓިފަ

އަޙްމަދު ޒަލީފް
22 އޮކްޓޯބަރު 2024 - 11:42
8300 ފުޅި ބަނގުރަލާއި 177 ކިލޯގެ ޑްރަގްސް ވަނީ ހިފެހެއްޓިފަ

8300 ފުޅި ބަނގުރަލާއި 177 ކިލޯގެ މަސްތުވާތަކެތި ހިފެހެއްޓިފައިވާ ކަމަށާއި، މި ތަކެތީގެ އަގު  328 މިލިއަން ރުފިޔާއަށް އަރާ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި މަޢުލޫމާތުތައް ހާމަކޮށްފައިވާއިރު، މިއީ ފާއިތުވި 11 މަސްދުވަހުގެ ތަފާސްހިސާބު ކަމަށް މިނިސްޓަރ އިޙްސާން ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރ އަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގަނެ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ސަރުކާރުގެ ކަމާ ގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ފައްޓަވާފައިވާކަމަށާއި، ހިފަހެއްޓި މަސްތުވާކަތެއްޗަށް ބެލުމުން އެނގެނީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާތެރި އާދަ އަށަގެންފައިވާ މިންވަރުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެއްޗާއި ގުޅޭ 2 ބިލެއްގެ މަސައްކަތް ނިންމާ މިހާރު އޭޖީ އޮފީހަށް ފޮނުވާފައިވާކަމަށާއި، މި ދައުރުގެ ތެރޭގައި މިބިލު މަޖިލީހަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ.

އަދި ކުޑަކުދިން ކުށުގެ ވެށިން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހޯޕް އައިލެންޑްގެ މަސައްކަތް ކުރަމުންދާކަމަށާާއި، މިގޮތުން ދ.ވާނީގައި މި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އަންނަ ހަފްތާގެ ތެރޭގައި އިކޮނޮމިކް ކައުންސިލަށް ހުށައެޅުމަށް ނިންމަވާފައިވާކަމަށްވެސް މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންޑްރަގް ޓްރެފިކިން މައްސަލައެއްގައި އުމުރުން ދޮށީ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 9 ދުވަސް ކުރިންއަތުލައިގަތީ 2015 ވަނަ އަހަރުން ފެށިގެން ޑްރަގް ޓްރެފިކް ކުރަމުން ގެންދާ ބޮޑު ނެޓްވޯކެއްޚަބަރު | 9 ދުވަސް ކުރިންގިނަ އަދަދެއްގެ ޑްރަގާއިއެކު ދެމީހަކު ހައްޔަރުކޮށް އެކަކުގެ ބަންދަށް 15 ދުވަސްޚަބަރު | 10 ދުވަސް ކުރިން