އެރައިޒް މަޝްރޫއަށް ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ފަށައިފި
17 އޮކްޓޯބަރު 2026 - 06:03

އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ 15 މެގަވޮޓްގެ ސޯލާ ޕެކޭޖުގެ ދަށުން، 13 ރަށެއްގައި އާންމުންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުންތައް ފަށައިފި އެވެ.
މި ޕެކޭޖުގެ ތެރޭގައި ސޯލާ ހަކަތައިގެ އިތުރުން ރަށްރަށުގެ ކަރަންޓު ވިއުގަ ފުޅާކޮށް، އަޕްގްރޭޑް ކުރުމާއި، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ގާއިމުކުރުން ހިމެނެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ އެރަށްރަށުގެ ރައްޔިތުންނަށް މަޝްރޫއުގެ ލަނޑުދަނޑިތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ރާއްޖޭގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ މުހިންމުކަމާއި އޭގެ ފައިދާތައް ބަޔާންކޮށްދިނުމެވެ.
މީގެއިތުރުން މިމަޝްރޫއާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުންވެސް މި ސެޝަންތަކުގައި ހިމެނެ އެވެ.
މިބައްދަލުވުންތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވުންތައް ބާއްވާފައިވަނީ ށ. ފުނަދޫގެ އިތުރުން ލ. މާބައިދޫ އަދި ކުނަހަންދޫގަ އެވެ.
މި ބައްދަލުވުންތަކުގައި ކަމާގުޅޭ ރަށު ކައުންސިލްތަކުގެ މަންދޫބުންނާއި، ޔުޓިލިޓީ ހިދުމަތްދޭ ކުންފުނިތަކުގެ އޮފިޝަލުން ވަނީ މަޝްރޫއުގެ ޓީމާއެކު ބައިވެރިވެފަ އެވެ. އަދި އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދީ، މަޝްރޫއާ ގުޅޭގޮތުން ހުށަހެޅި ހިޔާލުތަކަށް މަޝްވަރާކޮށް ރާއްޖެއަކީ ތިމާވެއްޓާ ރައްޓެހި ސާފު ހަކަތައަށް ބަރޯސާވާ ގައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation

-01.jpg&w=3840&q=75)
