އެއްވެސް ޖަލެއްގައި ކަނު އަނދިރީގައި މިހާރު ގައިދީން ނުތިބޭނެ: ސީޕީ ޒަރީރު
17 އޮކްޓޯބަރު 2026 - 14:49

އެއްވެސް ޖަލެއްގައި ކަނު އަނދިރީގައި މިހާރު ގައިދީން ނުތިބޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ސީޕީ ޒަރީރު ވިދާޅުވީ މީގެ ކުރިން ކަރަންޓް ނުލިބި އެތައް ގައިދީންނެއް ޖަލުތަކުގައި އަނދިރީގައި ތިބި ކަމަށެވެ. ނަމަވެސް މި ސަރުކާރު އައިފަހުން މިދިޔަ އަހަރު އޮކްޓޫބަރު މަހު 28 ފެށިގެން އެއްވެސް ގައިދީއަކު އަނދިރީގައި ނުތިބޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
.png&w=750&q=75)
Ad by Hajj Corporation
ސީޕީ ޒަރީރު ވިދާޅުވީ މިހާރު ޖަލުތަކުގެ ފެންވަރު ރަނގަޅުކޮށް ބައެއް ގައިދީންނަށް މިހާރު އޭސީގައި ވެސް ބައިތިއްބަމުން އަންނަ ކަމަށެވެ. ނަމވެސް މީގެ ކުރިން އޭސީގައި ތިބެނީ ހަމައެކަނި ސިޔާސީ ކުށްވެރިން ކަމަށް ވެސް ސީޕީ ފާހަގަ ކުރެއްވެވި އެވެ.
ސީޕީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަލުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަވަމުން އަންނަ ކަމަށެވެ.

-01.jpg&w=3840&q=75)
