logoEN
ކުޅިވަރު

އަހަރަކަށްވުރެ ގިނަދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު ނޭމާ އެނބުރި ދަނޑަށް.

އަލް ޢައިން އާދެކޮޅަށް ނޭމާ ކުޅެނީ. ފޮޓޯ: ރޮއިޓަރސް

އަލް ޢައިން އާދެކޮޅަށް ނޭމާ ކުޅެނީ. ފޮޓޯ: ރޮއިޓަރސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

22 އޮކްޓޯބަރު 2024 - 18:48

އަނިޔާގެ ސަބަބުން އަހަރަކަށްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ނޭމާ ޖޫނިއަރ އަނބުރާ ދަނޑަށް ނިކުމެއްޖެއެވެ. ރޭގައި އޭ.އެފް.ސީ ޗެންޕިއަންސް ލީގު އެލައިޓް މުބާރާތުގައި ނޭމާ ކުޅެން ނިކުތީ މެޗުގެ 77 ވަނަ މިނެޓުގައި އޭޝިޔާ ގެ ޗެންޕިއަން ޔޫ.އޭ.އީގެ އަލް ޢައިން އާދެކޮޅަށެވެ. ޔޫ.އޭ.އީގެ ހައްޒާ ބިން ޒަޔިދު ސްޓޭޑިއަމް ގައި ކުޅުނު މި މެޗު 5-4 އިން ކާމިޔާބު ކުރީ އަލް ހިލާލް އެވެ. މި މޮޅާއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން އަލް ހިލާލް ވަނީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. މިއީ މިދިޔަ އަހަރުގައި މި ދެޓީމު ކުޅެގެން އަލް ހިލާލް އަށް ލިބުނު ހިތްދަތިކަމުގެ ތަސައްލީއެކެވެ. އަލް ޢައިން ވަނީ މިދިޔަ އަހަރު މި މުބާރާތުގެ ސެމީ ފައިނަލް ގައި 5-4 ގެ އެގްރިގޭޓުން ކުރި ހޯދާ އެ މުބާރާތުން އަލް ހިލާލް ކަޓުވާލާފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ފަހު 13 މިނެޓުގައި ކުޅެން ނިކުތުމަށްފަހު ނޭމާ ވަނީ މޮޅުކުޅުމެއް ކުޅެފައެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވޯލްޑްކަޕް ކޮލިފައިން ގައި އުރުގުއޭއާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި ނޭމާގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއަކާއި ގުޅިގެން 12 މަސް ދުވަހަށް ނޭމާ ކުޅުމާ ދުރަށް ދާންޖެހުނެވެ.. އެހެންކަމުން 2023 ވަނަ އަހަރުގެ ޓްރާންސްފަރ މާކެޓްގައި އަލް ހިލާލް އަށް ބަދަލުވި ނޭމާ އަށް ކުލަބު ޖޯޒީގައި އެހާތަނަށް ކުޅެން ލިބިފައިވަނީ އެންމެ ފަސް މެޗެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ނޭމާގެ ފަރާތުން މިހާރު ގިނަބަޔަކު އުއްމީދު ކުރަނީ ފަހަކަށް އައިސް ބްރެޒިލް ގެ ޤައުމީ ޓީމު އިންޓަރނޭޝަނަލް މުބާރާތް ތަކުގައި ހޯދާފައިވާ ދަށް ނަތީޖާތަކުން އަރައިގަނެ 2026 ވަނަ އަހަރުގައި އެމެރިކާގައި ބާއްވާ ވޯލްޑްކަޕްގައި އެޤައުމަށް ކާމިޔާބުކޮށްދިނުމެވެ.

ކޮމެންޓް

871x217_placeholder