logoEN
ކުޅިވަރު

ނޭމާ އާއި އެންޑްރިކް ބްރެޒިލްގެ ސޮކޮޑުން ބާކީކޮށްފި.

ނޭމާ އަދި އެންޑްރިކް. ފޮޓޯ؛ ގެޓީ އިމޭޖަސް

ނޭމާ އަދި އެންޑްރިކް. ފޮޓޯ؛ ގެޓީ އިމޭޖަސް

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

02 ނޮވެމްބަރު 2024 - 05:55

އިންޓަރނޭޝަނަލް ބްރޭކްގައި ބްރެޒިލް އިން ވޯލްޑްކަޕް ކޮލިފައިންގައި ވެނެޒުއޭލާ އަދި އުރުގުއޭ އާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ބްރެޒިލް ސޮކޮޑުން ސުޕަރ ސްޓާރ ނޭމާ ޖޫނިއަރ އަދި ރެއާލް މެޑްރިޑްގެ އެންޑްރިކް ބާކީކޮށްފިއެވެ.

މި ސީޒަން ފެށިފަހުން 18 އަހަރުގެ އެންޑްރިކް ރެއާލް ޖޯޒީގައި ކުޅެފައިވަނީ އެންމެ 107 މިނެޓެވެ. އަދި އަނިޔާއާއި ގުޅިގެން ކުޅުމާދުރުގައި ހުރުމަށްފަހު ފުޓްބޯޅަ ދަނޑަށް ނޭމާ އެނބުރި އައީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. ބްރެޒިލްގެ ކޯޗު ބުނިގޮތުގައި " ނޭމާ ހުރީ އެއްކޮށް އަނިޔާއިން ސަލާމަތްވެފައި، އެހެން ނަމަވެސް އޭނަ ކުޅެފައިވަނީ ވަރަށް މަދުން، މިއީ އޭނާ ސްކޮޑުން ބާކީކުރަން ޖެހުނު ސަބަބު".

އަނިޔާގެ ފަހުން ކުޅުމަށް އެނބުރި އައުމަށްފަހު ނޭމާ ކުޅެފައިވަނީ އެންމެ 13 މިނެޓެވެ. މި ނިންމުމާއެކު ނޭމާ ދެން ބްރެޒިލްގެ ޖޯޒީގައި ފެންނާނީ އަންނަ އަހަރުގެ މާޗުމަހުގައި އޮންނަ ވޯލްޑްކަޕް ކޮލިފިކޭޝަންގައި ކޮލަންބިއާ އައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭމެޗުތަކުގައެވެ. ބްރެޒިލްގެ ޓީމަށް އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާ ނޭމާ އެންމެ ފަހުން ބްރެޒިލްގެ ޖޯޒީގައި ކުޅެފައިވަނީ މީގެ އެއް އަހަރުކުރިންނެވެ.

މީގެ އިތުރުން އެންޑްރިކްވެސް ބްރެޒިލްގެ ސްކޯޑުން ބާކީ ކުރީ އޭނާ ރެއާލް ޖޯޒީގައި މަދު މެޗުތަކެއް ކުޅެފައިވުމުން ކަމަށް ބްރެޒިލްގެ ކޯޗު ބުނެފައިވެއެވެ.

ނޮވެމްބަރު މަހުގެ 15 އާއި 20 ވަނަ ދުވަހު ބްރެޒިލް ކުޅެންހަމަޖެހިފައިވާ މެޗު ސްކޮޑަށް އަނިޔާގެ ސަބަބުން އެންމެ ފަހުން ޓީމުން ބާކޮށްކޮށްފައިވާ ވިނީޝިއަސް ޖޫނިއާ އާއި ޕަލްމެއިރާސްގެ ޒުވާން ފޯވާޑް އެސްޓާވޯ ވިލިއަމްސް އަށްވެސް ވަނީ ޖާގަލިބިފައެވެ.

ކޮމެންޓް

871x217_placeholder