logoEN
ކުޅިވަރު

ނޭމާ އަށް އަނެއްކާވެސް އަނިޔާވެއްޖެ.

ނޭމާ އަށް އަނެއްޚާވެސް އަނިޔާވެއްޖެ. ފޮޓޯ: ނޭމާ ޖޫނިއަރ

ނޭމާ އަށް އަނެއްޚާވެސް އަނިޔާވެއްޖެ. ފޮޓޯ: ނޭމާ ޖޫނިއަރ

އަބްދުﷲ ޣާނިމްއަބްދުﷲ ޣާނިމް

05 ނޮވެމްބަރު 2024 - 12:29

ބްރެޒިލްގެ ސުޕަރ ސްޓާރ ނޭމާ އަނެއްކާވެސް އަނިޔާވެއްޖެއެވެ. އަލް-ހިލާލް ކުލަބު އޭއެފްސީ ޗެމްޕިއަންސް ލީގުގެ އެލީޓް ބުރުގައި އިސްތެގްލާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާއަށް އަނިޔާވެފައިވެއެވެ.

ކުރިން ކުރިމަތިވި ކަކުލުގެ އަނިޔާއާ ގުޅިގެން އަހަރަކަށްވުރެ ގިނަ ދުވަހު ކުޅުމާދުރުގައި ހުރުމަށްފަހު، އެނބުރި އައިސް ކުޅުނު ދެވަނަ މެޗުގައި ނޭމާއަށް މިފަހަރު އަނިޔާވެފައިވަނީ ފަލަމަސްގަނޑަށް ކަމަށް ބެލެވެއެވެ.

އިއްޔެ (ހޯމަ ދުވަހު) ކުޅުނު މި މެޗުގައި އަލެކްސަންޑަރ މިޓްރޮވިޗް ވަނީ 3 ލަނޑު ޖަހައި ހެޓްރިކެއް ހަދާފައެވެ. މި މެޗު 3-0 އިން ކާމިޔާބުކުރި ނަމަވެސް، އަލް-ހިލާލްއަށް އެންމެ ބޮޑު ގެއްލުމަކަށްވީ ނޭމާއަށް ކުރިމަތިވި އަނިޔާއެވެ.

32 އަހަރުގެ ނޭމާ ދެވަނަ ހާފުގައި ކުޅެން ދަނޑަށް ނިކުމެ އޭގެ 29 މިނެޓު ފަހުން ވަނީ އަނިޔާވެގެން ބަދަލުކުރަން ޖެހިފައެވެ. މިއީ އޭނާ އަނބުރާ އައުމަށްފަހު އަލް-ހިލާލްއަށް ކުޅުނު ދެވަނަ މެޗެވެ.

2023 ވަނަ އަހަރުގައި ޕީ.އެސް.ޖީ އިން ބޮޑު އަގެއްގައި އަލް-ހިލާލްއަށް ބަދަލުވި ފަހުން، ނޭމާ އަށް އަލް ހިލާލް ޖޯޒީގައި ކުޅެވުނީ އެންމެ 7 މެޗެވެ.. އަލް-ހިލާލްއަކީ ސައުދީ ޕްރޯ ލީގުގެ ނިމިދިޔަ އަހަރުގެ ޗެމްޕިއަންއެވެ.

ކޮމެންޓް

871x217_placeholder